މިސްކިތުގައި ބަރަހަނާވުމުން ނައުޝާދު އަނެއްކާވެސް ބަންދަށް
މިސްކިތްތަކުގެ ހުރުމަތް ކަނޑައިގެން މީގެ ކުރިން އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވާ ނައުޝާދު މޫސާ، ނަމާދަށް ހުރި މީހެއްގެ ކުރިމަތީގައި ބަރަހަނާވުމުން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
ޓީއެމްއޭގެ ސީޕްލޭން ކްރޫ އަދިވެސް ވެންޓިލޭޓަރުގައި
ޓީއެމްއޭ ސީޕްލޭނެއްގެ ކަނދެއް ބިނދި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ކްރޫއަށް އަދިވެސް ފަރުވާދެމުން އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ކަން އެނގިއްޖެ އެވެ.
ބަނގުރަލުގެ މައްސަލައެއްގައި ސިފައިންގެމީހަކު ހައްޔަރުކޮށްފި
ބަނގުރާ ބޭނުންކޮށް، ގެންގުޅޭ މައްސަލައެއްގައި ދިވެހި ސިފައިންގެ މީހަކު ހައްޔަރުކޮށްފި އެވެ.
އެއްވެސް ޝަރުތަކާނުލައި ރާއްޖެ އިން ފަލަސްތީނާއެކު ސާބިތުވެ ދެމިއޮންނާނެ: ރައީސް
ފަލަސްތީނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި، އެ ގައުމުގެ ރައްޔިތުން ދުވަހަކު ވެސް އެކަނިވެރިވިޔަ ނުދޭނެ ކަމަށާއި އިންސާފާއި މިނިވަންކަމާއި ދެމެހެއްޓެނިވި ސުލްހަ ގާއިމްވަންދެން ރާއްޖެ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި.
އެޑިޓަރުގެ ހޮވުން
އާންމުންގެ މެދުގައި މަގުބޫލު "ބާބާ" އަށް ހާޓްއެޓޭކެއް ޖެހި އިތުރު ފަރުވާއަށް ބޭރަށް ދާން އާންމުންގެ އެހީއަށް އެދިއްޖެ
އާންމުންގެ މެދުގައި މަގުބޫލު "ބާބާ" އަށް ހާޓްއެޓޭކެއް ޖެހި އިތުރު ފަރުވާއަށް ބޭރަށް ދާން އާންމުންގެ އެހީއަށް އެދިއްޖެ
މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް އެކްސްޕޯގައި ގިނަ ބައެއްގެ މަގުބޫލުކަަން ހޯދި ހޯދި ހަސަން އަތީގު (ބާބާ) އަށް ހާޓް އެޓޭކެއް ޖެހި، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ވިއްސާރާގައި ރަމްޒީގެ ޑްރެގެން ފްރުޓު ގަސްތަކަށް ބޮޑު ގެއްލުމެއް
ވިއްސާރާގައި އައްޑޫގެ "ޒުވާން ދަނޑުވެރިޔާ"ގެ ޑްރެގެން ފްރުޓުތަކަށް ބޮޑު ގެއްލުމެއް އިއްޔެ ވެއްޖެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް ހޭނެން ރާއްޖެއަށް ބޭނުންވަނީ މާލީ އެހީ: ރައީސް
ދުނިޔޭގެ ފިނިހޫނުމިން މިހާރަށް ވުރެ 1.5 ޑިގްރީ ސެލްސިއަސް އިން މައްޗަށް ގޮސް މޫސުމަށް އަންނަ ބަދަލުތަކުގެ ކާރިސާއަކާ ކުރިމަތިވާ އިރު އެކަމަށް ހޭނި، ރެޒިލިއެންޓް މުސްތަގުބަލެއް ބިނާކުރަން ރާއްޖެއިން އަޒުމް ކަނޑައަޅާފައިވާ ކަމަށާއި އެ ދާއިރާއިން ރާއްޖެއަށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކެފޭއެއްގެ ތެރޭގައި ބަޔަކު ތިން ގަޑިއިރު ހިފެހެއްޓުމަށް ފަހު ބިރުދައްކައި އަނިޔާކުރި މީހަކު ބަންދުކޮށްފި
ކެފޭއެއްގެ ތެރޭގައި ބަޔަކު ތިން ގަޑިއިރު ވަންދެން ހިފަހައްޓައި އެ މީހުންނަށް ބިރު ދައްކައި އަނިޔާކުރި މީހަކު 20 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ބޮޑު ލޯނެއް ނުދައްކައިގެން މެމްބަރު ޝަމްހީދުގެ މައްޗަށް ހުކުމެއް!
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާއި އެހެން ހަތަރު މީހަކު ގެރެންޓީ ދީގެން އެމްއައިބީއިން ކުންފުންޏަކަށް ދޫކޮށްފައިވާ ލޯނެއް ނުދައްކައިގެން ސިވިލް ކޯޓުން އިއްޔެ ހުކުމެއް ކޮށްފި އެވެ.