ކ. ކާށިދުއަކީ މަސްވެރި ރަށެއް ނޫނަސް އެ ރަށުގެ ގިނަ ބަޔަކަށް ރޯދައިގެ އެންމެ ހާއްސަ އެއް ހަނދާނަކީ ނާށިން މަހެއް ފިހުމެވެ. ދާއިން ލޮނުމިރުސް ފުނޑައި ނާށި ރޯކޮށްގެން ރޯދަ ކުރުކުރަން މަހެއް ނުފިހެ ރޯދަ މަސް ފުރިހަމައެއް ނުވެ އެވެ. އެކަމަކު ޒަމާނަށް އައި ލުއި ފަސޭހަ ބަދަލާއެކު މި ހަނދާން ފަނޑުވަމުން ދިޔަ ނަމަވެސް ކާށިދޫގައި ބައެއް މީހުންނަށް މިއީ ރޯދައިގެ އެންމެ ހާއްސަ ހަނދާނެވެ.

މަސް ފިހުން

 

ފިލޮޅެއް (އެ މީހަކު ބޭނުންވާ ވައްތަރެއްގެ ފަރުމަހެއް)

ލޮނު މިރުސް ތައްޔާރުކުރަން

ހިކި މިރުސް

ފިޔާ 

ލޮނުމެދު 

އިނގުރު 

ހިނކަނދިފަތް

ބިލަމަގު

ގިތެޔޮ މިރުހެއް

ދިރި 

ދަވިއްގަނދު

ރީނދޫ

އަސޭމިރުސް

ހުނި

ލޮނު

 

 މި ރޯދައިގައި އެންމެ ހާއްސައީ ކޮން ހަނދާންތަކެއް ހެއްޔެވެ؟