އެންމެ ފުރިހަމަކޮށް ކޭކެއް ނިންމާލުމަކީ ވަރަށް ބުރަ މަސައްކަތެެކެވެ. އެކަމަކު ކޮންމެ ކޭކަކުން ވެސް ޝައިމާ އަންނަނީ އޭނާ މިކަމަށް އޮތް ޝައުގުވެރިކަމާއި ހުނަރުވެރިކަން ދައްކަމުންނެވެ. 

ސޮފްޓް ޕީކްސްގެ ނަމުގައި އޭނާ ހިންގާ ކޭކު ޕޭޖާއެކު އެތައް ބައެއްގެ އިތުބާރު އޭނާ ހޯދައިފި އެވެ. 

ދިރާގާ އެކު މިހާރު ބަދިގޭގައި ޕްރެޒެންޓަރު ޝަމްރާ ޝަމީމް (ކުޑޫ)އާ އެކު ޝައިމާ ކިޔައިދިނީ އޭނާ މިކަމަށް އޮތް ޝައުގުވެރިކަމެވެ.

 

ޗީޒީ ރޯސްޓެޑް ގާލިކް ބްރެޑް

ބޭނުންވާނެ ތަކެތި 

115 ގްރާމް ބަޓާ

2 ލޮނުމެދު ބޮނޑި

4 ފިޔާ

50 ގްރާމް ސަންޑްރައިޑް ޓޮމާޓޯ

ބެސިލް (ކޮށާފައި)

ލޮނު 

އަސޭމިރުސް

އޮލިވް އޮއިލް 

225 ގްރާމް މޮޒެރެއްލާ ޗީޒް ގާނާފައި

ބަގެޓް ނޫނީ ކަމުދާ ވައްތަރެއްގެ ޕާން 

މިހާރު ބަދިގެ - ޗީޒީ ރޯސްޓެޑް ގާލިކް ބްރެޑް
މިހާރު ބަދިގެ - ޗީޒީ ރޯސްޓެޑް ގާލިކް ބްރެޑް

ތައްޔާރުކުރާނެ ގޮތް

ލޮނުމެދާއި ފިޔާގެ މަތިން ތަންކޮޅެއް ކަނޑާލުމަށް ފަހު މައްޗަށް އޮލިވް އޮއިލް އާއި ލޮނާއި އަސޭމިރުސްކޮޅެއް ލުމަށް ފަހު ފޮއިލްގައި ބަންދުކުރުމަށް ފަހު އަވަނުގައި 45-60 މިނެޓް ވަންދެން ފިހެލާށެވެ. އަވަނުން ނެގުމަށް ފަހު ހިހޫވަންދެން ބަހައްޓާށެވެ.

ހިހޫވުމުން ތޮށި ނޮޅާފައި ތައްޓަކަށް ލައި ޗަސްކޮށްލާށެވެ. އޭގެތެރެއަށް އަޅާނީ ބަޓަރާއި ސަންޑްރައިޑް ޓޮމާޓޯ އާއި ބެސިލް އާއި ލޮނާއި އަސޭމިރުހެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.

ބެގެޓް ދިގަށް ދެފަޅި ކޮށްލުމަށް ފަހު އޭގައި އެ މިކްސްޗާ އުނގުޅާލާށެވެ. މައްޗަށް ޗީޒް އަޅައި އަވަނުގައި 10-20 މިނެޓް ފިހެލާށެވެ. ބޭނުން ނަމަ ގާނިޝްކުރަން މައްޗަށް ކުޑަ ޕާސްލީކޮޅެއް އެޅިދާނެ އެވެ. ގާލިކް ބްރެޑް ހުންނަވަރަށް ފޮތިކޮށްލާށެވެ.