ހަގީގީ ސިފަކުރުންތަކާ އެކު ވާހަކައެއް ލިޔުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެއީ ވަރަށް ވަގުތާއި މުޅި މީހާގެ ހަކަތަ އެކަމަށް ހޭދަވާ ކަމެކެވެ. އެކަމަކު ކިޔާ މީހުންނަށް އެ ވާހަކައަކުން މެސެޖެއް ފޯރުކޮށްދެވުމުން ލިޔުންތެރިޔާގެ މަގްސަދު ހާސިލްވީ އެވެ. އެންމެ ވާހަކައަކަށް ހޭދަކުރާ ގިނަ ވަގުތުތަކުގެ ހިތްހަމަޖެހުމަކީ ޔަޝްފާ އަބްދުލް ޣަނީ (ޔަޝް)އަށް ވެސް އެއީ އެވެ. 

އޭގެތެރެއިން އެއް ވާހަކައަކީ ދިވެހި ފިލްމް "ކަނބުލޮ"ގެ ވާހަކަ އެވެ.  

ވާހަކަ ލިއުމުން ގައުމީ އިނާމް ހާސިލްކޮށްފައިވާ ޔަޝްފާ އަބްދުލްޣަނީގެ ގިނަ ވާހަކަތައް ހުންނަނީ މުޖުތަމައުގައި ހިނގާ އިޖުތިމާއީ އަދި ލޯހުޅުވަން ޖެހޭ އެތައް ހާދިސާއަކަށް ބިނާކޮށްފަ އެވެ. އޭނާ ޝައުގުވެރިވަނީ ވެސް ހަގީގީ ހާދިސާތަކަށް ލިޔާ ވާހަކަތަކުން ގިނަ ބަޔަކަށް މެސެޖް ފޯރުކޮށްދިނުމަށެވެ. 

މިހާރު ބަދިގެ ޓޫނާ ފްރިޓަރސް
މިހާރު ބަދިގެ ޓޫނާ ފްރިޓަރސް

ދިރާގާ އެކު މިހާރު ބަދިގޭގައި ޓުނާ ފްރިޓާސް ތައްޔާރުކުރަމުން ޔަޝް މިއަދު ކިޔައިދޭނީ އޭނާގެ ވާހަކަ އެވެ. 

ސްޕައިސީ ޓޫނާ ފްރިޓާސް

ބޭނުންވާތަކެތި 

ފްރިޓާސް ހެދުމަށް

1 ދަޅު މަސް

1 ބިސް 

20 ގްރާމް ގާނާފައި ހުރި ޗީޒް 

ގާނާފައި ހުރި ޒުކިނީ ނުވަތަ ކެރެޓް

ޗިލީ ފްލޭކްސް

ލޮނު

2 ސަމްސާ (މުގު) ކައްކާފައި

ކޮރިއެންޑާ ނުވަތަ ޕާސްލީ

ކުޅިކޮށްލަން ބޭނުން ނަމަ މިރުސްކޮޅެއް 

ޑިޕް ތައްޔާރުކުރަން

3 ސަމްސާ މެޔޮނައިޒް 

1-2 ލޮނުމެދު (ގާނާފައި)

ޗައިވްސްކޮޅެއް ކޮށާފައި

ލޮނު

 

ތައްޔާރުކުރާނެ ގޮތް

 

މަސްދަޅު ތައްޓަކަށް އެޅުމަށް ފަހު އޭގެ ތެރެއަށް ގާނާފައި ހުރި ކެރެޓް/ޒުކިނީ އާއި ޗީޒާއި މުގު އަދި ބިސް އަޅައި އެއްކޮށްލާށެވެ. ޗިލީ ފްލޭކްސް އާއި ކޮރިއެންޑާ އާއި ލޮނު އަޅައި ރަހަ ހެޔޮވަރުކޮށްލާށެވެ. ކުދި ގުޅަތަކެއްހެން ނުވަތަ ފަތިކޮށް ހުންނަ ބައްޓަމަށް ތައްޔާރުކޮށްލާށެވެ. ތަވައެއްގައި ތެޔޮކޮޅެއްގެ ތެރޭގައި ރީއްޗަށް މުށިކުލަ އަރަންދެން ފިހެލާށެވެ.

ޑިޕް ތައްޔާރުކުރަން މެޔޮނައިޒާއި ލޮނުމެދާއި ލޮނާއި ޗައިވްސްކޮޅު އެއްކޮށްލާށެވެ. ބޭނުން ނަމަ ކުޑަ ލުނބޯހުތްކޮޅެއް ވެސް ލެވިދާނެ އެވެ. 

ޔަޝް ކިޔައިދިން ގޮތުގައި ވާހަކައެއް ލިޔަން ފަށައިފި ނަމަ އަވަހަށް ނިންމަން ވެސް ޖެހެ އެވެ. ނޫން ނަމަ ސިކުނޑި ތެރޭގައި އަބަދު އެނބުރޭނީ އެ ވާހަކައެއްގެ ކެރެކްޓާތަކުގެ ހިޔާލުތަކާއި ފިކުރުތަކެވެ. 

"ހުރިހާ ވާހަކައެއް ވެސް ލިޔަނީ ވަރަށް ލިޔާ ހިތުން. ޒީލަން ވާހަކައަކީ ވެސް ލިޔެވުނު ރީތި ވާހަކައެއް. ލީޝަން ވާހަކަ ވެސް ހަމައެހެން،" ޔަޝް ބުންޏެވެ. 

އޭނާ ބުނި ގޮތުގައި ބައެއް ވާހަކަ ލިޔެ ނިމޭއިރު އަމިއްލަ އަށް ދެރަވެގެން ރޮވޭ ފަހަރު ވެސް އާދެ އެވެ. ގިނަ ފަހަރަށް ވާހަކަ ލިޔަނީ މީހަކަށް ނުވަތަ ބަޔަކަށް ދިމާވެފައި އޮތް ހަގީގީ ހާދިސާއަކަށް ވާތީ, އެ ސިފަކުރުންތައް ގެންނައިރު އަސްލު އެ ކަންތައް ކުރިމަތިވި މީހުންނަށް ކުރިމަތިވި އިހްސާސްތައް ހިތަށް ގެނެވި ހިތްދަތިވަނީ ކަމަށް ޔަޝް ބުންޏެވެ.