ފައިނަލުގައި ސީދާ ތިން ސެޓުން ބ. ގޮއިދޫގެ މައްޗަށް ކުރި ހޯދައި، ވީއޭއެމް ރާއްޖެ ސުޕަ ލީގުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވ. ފެލިދޫން ހޯދައިފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ރޭ ކުޅުނު މެޗު ފެލިދޫން ޓީމުން ކާމިޔާބު ކުރީ 25-21، 25-16، 25-23 އިންނެވެ.

ރަށްތަކާއި ސިޓީތަކަށް ހުޅުވާލައިގެން ވީއޭއެމުން ބާއްވަމުންދާ ސުޕަ ލީގުގެ މިފަހަރުގެ މުބާރާތުގައި ހަތް ރަށަކުން ޓީމުތައް ވާދަކުރި އެވެ. 

ވޮލީގެ މަޝްހޫރު ތަރިންތަކެއް ނިސްބަތްވާ ފެލިދޫން މެޗު ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާކުރީ ވެސް އެ ރަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ. 

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެލިދޫގެ ހަސަން ނިލާމް އެވެ. އެންމެ މޮޅު އޮޕަސިޓް ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ އެ ޓީމަށް ކުޅުނު ޕާކިސްތާނުގެ މުރާދު ޖީހާނެވެ. 

މުބާރާތުގެ ޑްރީމް ޓީމުގައި ވެސް އެންމެ ގިނައީ ފެލިދޫ ޓީމުގެ ކުޅުންތެރިންނެވެ. ބެސްޓް އައުޓްސައިޑް އެޓޭކަރުންނަށް ހޮވުނީ ފެލިދޫ ޓީމުގެ އަލީ ހުޒާމް، ގޮއިދޫ ޓީމުގެ ޝަމާއިލް ހުސައިން

ބެސްޓް މިޑްލް ބްލޮކާ ގޮއިދޫ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ލަތުފާން އަލީ އާއި އިބްރާހިމް ފަޒީލެވެ.

އެންމެ މޮޅު ސެޓަރަކީ ފެލިދޫ ޓީމުގެ ހުސައިން ވިސާމެވެ. އެންމެ މޮޅު ލިބަރޯއަކީ ފެލިދޫގެ އަހްމަދު ނަބީލެވެ.އެންމެ އުއްމީދީ ކުޅުންތެރިޔަކީ ކ. މާފުށީގެ ޔައީޝް ރިފްއަތު ހަމީދެވެ. އެންމެ މޮޅު ކޯޗަކީ ފެލިދޫ ޓީމުގެ މުހައްމަދު ޝަރަފެވެ.