ސިޓީތަކާއި ރަށްތަކަށް ހުޅުވާލައިގެން ވީއޭއެމުން ބާއްވާ ރާއްޖެ ސުޕަ ލީގުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ކ. ހުރާ ބަލިކޮށް ލަ. ގަން ފައިނަލަށް ދަތުރު ކޮށްފި އެވެ. 

އެއާ އެކު މުބާރާތުގެ ފައިނަލު ވެގެންދާނީ ލ. އަތޮޅުގެ ކުރިމަތިލުމަކަށެވެ. 

މިރޭ ކުޅޭ ފައިނަލުގައި، ގަމާ ދެކޮޅަށް ނުކުންނާނީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލު މެޗުގައި ށ. ފުނަދޫ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި މާބައިދޫ އެވެ. 

ގަމާއި ހުރާ ރޭ ކުޅުނު ސެމީ ފައިނަލު މެޗުގެ ތެރެއިން --- ފޮޓޯ: ވީއޭއެމް
ގަމާއި ހުރާ ރޭ ކުޅުނު ސެމީ ފައިނަލު މެޗުގެ ތެރެއިން --- ފޮޓޯ: ވީއޭއެމް

ލ. ގެ އެ ދެ ޓީމު އަތުން ސެމީ ފައިނަލުގައި ބަލިވި ފުނަދުއާއި ހުރާއަކީ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެގެން އެއްވަނަ މަގާމުގައި ސެމީ ފައިނަލަށް ދަތުރު ކުރި ދެ ޓީމެވެ. އެ ދެ ޓީމުގެ ބަލީ=ލިވުމުގެ ހިތިރަހަ ކުރިމަތިލާން ޖެހުނީ ލ. ގެ މި ދެ ޓީމު އަތުންނެވެ. 

ތިންވަނަ ހޮވާ މެޗުގައި މިއަދު ހަވީރު ށ. ފުނަދުއާއި ހުރާ ވާދަކުރާނެ އެވެ. 

ރޭ ކުޅުނު ދެވަނަ ސެމީ ފައިނަލު މެޗު ގަމުން ކާމިޔާބު ކުރީ 4-1 ސެޓުންނެވެ. މެޗުގެ ސެޓްތައް ގަމު ކޮޅަށް ދިޔައީ 26-24، 11-25، 28-18 އަދި 25-16 އިންނެވެ. 

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިރޭ ކުޅޭ ފައިނަލު މެޗު ފަށާނީ 8:30 ގަ އެވެ.