ކްލިކް ކޮލެޖުގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ކޮލެޖުން ބުނީ އަންނަ ހޮނިހިރު ދުވަހާ ހަމައަށް ސެޓްފިކެޓް ލެވެލް ތިނެއްގެ ބިޒްނަސް މެނޭޖްމަންޓުގައި މުޅިން އަލަށް ބައިވެރިވާ ދަރިވަރުންނަށް، ހިލޭ ކިޔެވޭނެ ކަމަށެވެ. އިންްފޮމޭޝަން ޓެކްނޮލޮޖީ ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ކޯހުގެ 50 ޕަސެންޓް އަގުހެޔޮކޮށްފައި ވެ އެވެ.

ކްލިކް ކޮލެޖުގެ ވެބްސައިޓު މެދުވެރިކޮށް ވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެ ކޯހަށް ހުށަހެޅޭނެ އެވެ. އެކަމަށް ހާއްސަކޮށްފައިވާ ހޮޓްލައިން، 3334036 އަށް ގުުޅައިގެން ވެސް ކޯސްތަކުގައި ބައިވެރިވެވޭއިރު ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00އާ ދެމެދު ކްލިކް ކޮލެޖުން ފޯމު ފުރިހަމަކުރެވޭނެ އެވެ.

އިއްޔެ ފާހަގަކުރިި އެ ކޮލެޖުގެ 19 ވަނަ އަހަރީ ދުވަހާ ދިމާކޮށް ދަރިވަރުންނަށް މިފަދަ ފުރުސަތެއް ދޭން ނިންމީ ސާނަވީ ތައުލީމް ނިންމާ ދަރިވަރުންނަށް ވަޒީފާގެ މާހައުލަށް ތަމްރީނުކޮށްދީ މަތީ ތައުލީމަށް ތައްޔާރުކޮށްދިނުމަށް ކަމަށެވެ. އަދި ސާނަވީ ތައުލީމް ފުރިހަމަކުރުމުގެ ފުރުސަތު ލިބިފައިނުވާ ދަރިވަރުންނަށް ވެސް މި ކޯސްތަކުގައި ބައިވެރިވެ ކުރިއަށްދިއުމުގެ ފުރުސަތު ހޯދައިދިނުމަކީ މަގުސަދެއް ކަމަށް ކްލިކް ކޮލެޖުން ބުނެ އެވެ.

ކްލިކް ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ. ހޮނިހިރު ދުވަހާ ހަމައަށް ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންނަށް އާ އިންޓޭކުގެ ކިޔެވުން ފެށުމުން ޑިސްކައުންޓް ލިބޭނެ އެވެ.

ކްލިކް ކޮލެޖުގައި، ކޯސްތަކަށް ފީ ދައްކަނީ މަހުން މަހަށް ބަހާލައިގެންނެވެ.