އައްޑޫ ފޭދޫން ޒުވާން އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ގެއްލިގެން ހޯދަނީ ފޭދޫ، ހަމްދަރުދީގެ، ހައްވާ ރާއިދާ މުނީރު، 19، އެވެ.
ފުލުހުން ބުނީ، ރާއިދާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ މިއަދުގެ މެންދުރުފަހު 2:52 ގައި ކަމަށެވެ.
އެ ރިޕޯޓު ފުލުހުންނަށް ލިބުމާ އެކު، ކަމާބެހޭ ފަރާތްތަކާ އެ މައުލޫމާތު ހިއްސާކޮށް، ރާއިދާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭ ތަނެއް ވެސް ދެނެގަނެވިފައެއް ނުވާ ކަމަށް ފުލުހުންގެ މީޑިއާ އިން ބުންޏެވެ.
ރާއިދާ އެންމެ ފަހުން ފެނުނު ތަނެއް ނުވަތަ ލައިގެން ހުރި އެއްޗެހީގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ރާއިދާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އައްޑޫ ގަން ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792058 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.