ރ. ކިނޮޅަހާ ދިމާލު ބޭރުން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު މިއަދު ފެނިއްޖެ އެވެ. 

ފުލުހުން ބުނީ އެ ރަށު ބޭރުން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 4:30 ހާއިރު ކަމަށެވެ. 

އެކަމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ބަލަންޖެހޭ ކަންކަން ބަލާ ވެސް ބުންޏެވެ. 

އެކަމަކު މަރުވެފައި އޮތްވާ ފެނުނީ ކޮން ގައުމެއްގެ ކާކު ކަމެއް މިހާތަނަށް ފުލުހުން ކަށަވަރުކޮށެއް ނުދެ އެވެ. 

ފުލުހުން ބުނި ގޮތުގައި އެކަމާ ގުޅިގެން އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާކުރާނެ އެވެ.