ރ. ކިނޮޅަހާ ދިމާލުން ބޭރުން ކަނޑުމަތިން މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު އޮތީ ކާކުކަން ނޭނގޭ ވަރަށް ކުނިވެފައި ކަމަށް ފުލުހުން ބުނެފި އެވެ. 

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ މައުލޫމާތު ފުލުހަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ ހަވީރު 4:30 ހާއިރެވެ. 

ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި ކަމަށެވެ. އެހެންވެ، އޭނާގެ ޖިންސް ވެސް މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނި ގޮތުގައި ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް އެބަ ކުރިއަށް ދެ އެވެ.