އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ.

ބައްދަލުކުރެއްވުމުގައި އަބްދުއްރަހީމްގެ އަރިހުގައި ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހުއާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ބައިވެރިވެވަޑައިގެންނެވި އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނަ ސަފީރު މޫނު މަހާވަރު، މަޖިލީހުގެ ރައީސް އަބްދުއްރަހީން އަބްދުﷲއާ ބައްދަލުކުރައްވަން މަޖިލީހަށް ވަޑައިގެން.-- ފޮޓޯ: މަޖިލިސް
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނަ ސަފީރު މޫނު މަހާވަރު، މަޖިލީހުގެ ރައީސް އަބްދުއްރަހީން އަބްދުﷲއާ ބައްދަލުކުރައްވަން މަޖިލީހަށް ވަޑައިގެން.-- ފޮޓޯ: މަޖިލިސް

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ކުރެއްވި މަޝްވަރާއާ ގުޅޭ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖެއާއި އިންޑިއާގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި އެވެ. އެކަމަކު އޭގެފަހުން، ސަރުކާރުން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅައި މި ގުޅުން އިތުރަށް ވުރެ ވެސް ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.