ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިގެން ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބީއެމްއެލްގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން މިއަދު ފެށި އެ ޕްރޮމޯޝަން މި އަހަރު ނިމެންދެން ކުރިއަށް ދާނެ އެވެ.
އެ ޕްރޮމޯޝަންގައި ކޮންމެ ދެ ހަފްތާއަކުން ހޮވާ ގުރުއަތަކުން، ނަސީބުވެރި ފަރާތަކަށް އައި ފޯން 13 ޕްރޯ މެކްސްއެއް ލިބެ އެވެ. އަދި ޕްރޮމޯޝަންގެ ބޮޑު އިނާމެއްގެ ގޮތުގައި ލިބެނީ ދެ މީހަކަށް ލަގްޒަރީ ރިސޯޓަކުން އޯލް އިންކްލޫސިވް ޕެކޭޖެކެވެ.
ބީއެމްއެލް އިން ބުނިގޮތުގައި، ޕްރޮމޯޝަންގައި އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވާ ހުރިހާ ކަސްޓަމަރުން އޮޓަމެޓިކްކޮށް ބައިވެރިވެވޭނެ އެވެ.
ޕްރޮމޯޝަންގެ ތެރޭގައި ޖުމްލަ ހަތް ނަސީބުވެރިއަކަށް އައި ފޯން ލިބޭއިރު، އެ ފަރާތްތައް އިއުލާން ކުރާނީ ކޮންމެ ދެ ހަފްތާއަކުންނެވެ. ބޮޑު އިނާމުގެ ނަސީބުވެރިޔާ އިއުލާން ކުރާނީ ޕްރޮމޯޝަން ނިމުމުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އެޕްލިކޭޝަން އަދި ވެބްސައިޓް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ އެވެ.