ދިރާގު އައިސިކް ކާޑު ބޭނުންކުރާ ފަރާތްތަކަށް ޝަންހާއީ ޑިޒްނީލޭންޑަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، ހާއްސަ ރިފަރަލް ޕްރޮމޯޝަނެއް ދިރާގުން ތައާރަފުކޮށްފި އެވެ.

މި ޕްރޮމޯޝަނުގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ޝަންހާއީ  ޗައިނާއަށް ދިއުމުގެ ދެ ކޮޅު ޓިކެޓާއި، ފަސް ރޭގެ ހުރުމާއި އަދި ޑިޒްނީލޭންޑަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. 

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދިރާގު x އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަށް ރަޖިސްޓަރީވުމަށް ފަހު އެ ކާޑު އެހެން ފަރާތްތަކަށް ތައާރަފްކުރުމުންނެވެ. އަދި އެ ފަރާތުން ދިރާގު x އައިސިކްއަށް ރަޖިސްޓަރީކުރާއިރު އެ ހިދުމަތް ތައާރަފްކޮށްދިން ފަރާތުގެ ފޯނު ނަންބަރު ރިފަރަލްގެ ގޮތުގައި ޖަހަން ޖެހޭނެ އެވެ. 

މި ޕްރޮމޯޝަނުގައި ގިނަ މީހުންނަށް އައިސް ކާޑު ތައާރަފްކޮށްދިނުމުން އިނާމު ލިބުމުގެ ފުރުސަތު އިތުރުވާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ. 

މި ޕްރޮމޯޝަނުގެ އިތުރުން މި މަހުގެ 28 ވަނަ ދުވަހު ދަރިވަރުންނަށް ހިލޭ ދިރާގު x އައިސިކްއަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. މި ކާޑަށް ރަޖިސްޓްރީ ކުރުމަށް ފަހު މި ކާޑުން ލިބޭ ހާއްސަ ޑިސްކައުންޓްތައް އެއް އަހަރުވަންދެން ބޭނުންކުރެވޭނެއެވެ. މިއީ ދަރިވަރުންނަށް ލިބޭ ފުރުސަތުތައް ފުޅާކޮށް، ހެޔޮ އަގުގައި އެކި ހިދުމަތްތައް ދަރިވަރުންނަށް ތައާރަފްކޮށްދިނުމަށް ދިރާގުން ފަހިކޮށްދީފައިވާ ފުރުސަތެކެވެ.