ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ދިރާގުން ކުރިއަށް ގެންދާ "ރޯދަ ރެޑީ" ޕްރޮމޯޝަނުގެ ދެވަނަ ހަފްތާގެ ނަސީބުވެރިން ހޮވައިފި އެވެ.

ދިރާގުން ބުނީ އެއީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން ބޭނުންވާ ތަކެތި ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގި ޕްރޮމޯޝަނެއް ކަމަށެވެ. އެ ޕްރޮމޯޝަންގެ ދެވަނަ ހަފްތާގައި ހޮވުނު ކޮންމެ ނަސީބުވެރިއަކަށް ދިރާގުން ވަނީ ވިލާ މާޓުގެ 5،000ރ. ގެ ޝޮޕިން ވައުޗަރެއް ހަދިޔާކޮށްފަ އެވެ. 

"ދިރާގު ރޯދަ ރެޑީ" ޕްރޮމޯޝަންގެ ދެވަނަ ހަފްތާގެ ނަސީބުވެރިންނަށް ހޮވުނީ: 

  • މުހައްމަދު ތޮލާލް
  • މޫސާ ނަސްރު
  • މަރިޔަމް ޝިފްލީން އިސްމާއިލް
  • މޫސާ ފަހުމީ
  • ޒިޔާދު މޫސާ
  • އަހުމަދު ޔޫސައު
  • ހުސައިން މާހިދު

އެ ޕްރޮމޯޝަނުގެ ދަށުން 21 ނަސީބުވެރިއަކަށް، 5،000ރ. ވައުޗަރު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ވައުޗަރުތަކުން ރާއްޖޭގެ މަގުބޫލު ފިހާރަތަކާއި އެއާލައިންތަކުން ވިޔަފާރި ކުރެވޭނެ އެވެ. އޭގެ އިތުރުން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރި  ފަރާތަކަށް އެއް މިނެޓުގެ ތެރޭގައި އެ މީހަކަށް ފިހާރައިން ނެގޭ ހުރިހާ އެއްޗެއް ހިލޭ ލިބުމުގެ ފުރުސަތު ވެސް ދެ އެވެ. 

އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 50ރ. އިން މަތީގެ އެޑް-އޮންއެއް އެކްޓިވޭޓްކުރާ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށާއި އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރާ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ބޫސްޓަރެއް އެކްޓިވޭޓްކުރާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށެވެ.

އޭގެ އިތުރުން 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަނުގައި ބައިވެރިވެފައިވާ ފަރާތްތަކާއި ދިރާގު x އައިސިކް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި ޕްރޮމޯޝަންގެ މުއްދަތުގައި އެއްވެސް ވެލިއު އެޑެޑް ސާވިސް (VAS) ސަބްސްކްރިޕްޝަނެއް އެކްޓިވޭޓްކުރާ ކޮންމެ މީހަކަށް އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ދިރާގުން ރޯދަ މަހަށް ހާއްސަކޮށް އެފަދަ ތަފާތު އެކި ޕްރޮމޯޝަންތައް ދަނީ ހިންގަމުންނެވެ.