ސައުތު އެފްރިކާގެ ޕާލްގެ ދަނޑުތަކުން ބިންނަ މޭވާ އިތުރުން އެހެން އެއްވެސް އެއްޗެއް އެއްނުކޮށް، ތާޒާކަންމަތީ ޖޫހަށް ބަދަލު ކޮށްލަނީ އެވެ. ހަކުރެއް ވެސް އަދި ކުލައެއް ވެސް ނާޅާނެ އެވެ. މިދައްކަނީ އާދައިގެ ޖޫހެއްގެ ވާހަކައެއް ނޫނެވެ. މަޝްހޫރު "ސެރެސް"ގެ ވާހަކަ އެވެ.

އާންމުކޮށް ހުންނަ ޖޫސްތަކަކީ ފޮނި ރަހަ ލެއްވުމަށް ހަކުރު އަޅާފައި ނުވަތަ ކުލަ އަޅައިގެން މީހުންގެ ހިތްތައް ލެންބުވޭނެ ގޮތްތަކަށް ހަދާފައި ހުންނަ އެއްޗެއްސެވެ. ނަމަވެސް ސެރެސް އަކީ ސީދާ މޭވާގެ ގުދުރަތީ ރަހަ، އިތުރު ބަދަލެއް ނުގެނެސް ލިބޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޖޫހެކެވެ.

ސެރެސް ކުންފުނިން ބުނީ އެ ޖޫހަކީ ތާޒާ މޭވާގައި ހުންނަ ހުރިހާ ވިޓަމިނަކާއި މިނަރަލެއް އެކުލެވިގެންވާ ޖޫހެއް ކަމަށެވެ. އަދި އެ ޖޫސް އުފައްދަނީ އެ ކުންފުނީގެ ދަނޑުތަކުގައި އަޅާ މޭވާ އިން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސެރެސް ޖޫހަކީ 1980 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި އުފައްދަމުން އަންނަ ޖޫހެއް.-- ފޮޓޯ: މިހާރު
ސެރެސް ޖޫހަކީ 1980 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި އުފައްދަމުން އަންނަ ޖޫހެއް.-- ފޮޓޯ: މިހާރު

ސެރެސް ޖޫހަކީ ރާއްޖޭގެ އިތުރުން 84 ގައުމެއްގައި ވިއްކަމުން އަންނަ، ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޖޫހެކެވެ. އެ ޖޫހުގެ ކާމިޔާބީ އެންމެ ބޮޑަށް ހާމަވަނީ 1980 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި އުފައްދަމުން އަންނާތީ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖެއަށް ސެރެސް އެތެރެކުރާ ލިލީ އިންޓަނޭޝަނަލް އަކީ ވެސް އެއް ގޮތަށް ވުރެ ގިނަ ގޮތުން އެހެން ކުންފުނިތަކާ ތަފާތު ކުންފުންޏެކެވެ. އެ ކުންފުނިން ބުނިގޮތުގައި އެންމެ ބޮޑު ތަފާތަކީ، އެ ކުންފުނިން ވިއްކާ ޕްރޮޑަކްޓްތަކަކީ ބޭނުން ކުރާ މީހުންގެ ސިއްހަތަށް ފައިދާ ފައިދާ ކުރާ ތަކެއްޗަށް ވުމެވެ.

އެފްއެޗްއޭއެމް ފެއާގައި ފައިޒަލް މީޑިއާ އަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
އެފްއެޗްއޭއެމް ފެއާގައި ފައިޒަލް މީޑިއާ އަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

"އަޅުގަނޑުމެންގެ ޕޮލިސީ އަކީ ދުޅަހެޔޮ މާދަމައެއް ހޯދައިދިނުން. މިސާލަކަށް އަޅުގަނޑުމެން ވިޔަފާރި އަށް އެކަނި ވިސްނާނަމަ އެނާޖީ ޑްރިންކްސް ގެނެސްގެން ހަމަ އެ މާކެޓަށް ވަންނަންވީ ނޫންތޯ. އެކަމު އެއީ ސިއްހަތަށް ގެންލުންވާ ތަކެތި ވީމަ އަޅުގަނޑުމެން އެއްވެސް ގޮތަކަށް އެކަމެއް ނުކުރަން،" ލިލީ އިންޓަނޭޝަނަލްގެ އެސިސްޓެންޓް ޑައިރެކްޓަ ފައިޒަލް އަލީ ވިދާޅުވި އެވެ.

ލިލީ އިންޓަނޭޝަނަލް އަކީ ސެރެސްގެ އިތުރުން ވެސް ވަރަށް ކޮލެޓީ ރަނގަޅު، ސިއްހަތައް ފައިދާ ހުރި ގިނަ އަދަދެއްގެ ޕްރޮޑަކްޓްތައް ރާއްޖެ އަށް އެތެރެކޮށް ވިއްކަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން އެންމެ ފަހުން ރާއްޖެ އަށް ތައާރަފް ކުރީ އެމެރިކާގެ މަޝްހޫރު ސްޓާބަކްސް ކޮފީ އެވެ.