ޑައިވިނަށް ގޮސް މަރުވި މީހުންގެތެރޭ ޕްރޮފެސަރަކާއި ދަރިފުޅު
ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް މިއަދު މަރުވި އިޓަލީގެ ފަސް ޓޫރިސްޓުންގެ ތެރޭގައި ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅު ހިމެނޭ ކަމަށް އެ ޔުނިވަސިޓީން ބުނެފި އެވެ.
ގެއްލުނު ޓޫރިސްޓުން ވީ 60 މީޓަރު ފުނުގައިވާ ކޭވް އެއްގެ ތެރޭ
އެމްއެންޑީއެފުން ބުނީ ގެއްލުނު މީހުން އުޅުނީ 60 މީޓަރު ފުނުގައިވާ ކޭވްއެއްގެ ތެރޭގައި ކަމަށާއި އެތަނުން މީހުން ހޯދުމުގެ މަސައްކަތުގެ ރިސްކު ވަރަށް ބޮޑު ކަމަށް. އިޓަލީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފަސް ޓޫރިސްޓުން ވެސް މަރުވެފައިވާ ކަމަށް.
ސަރަހައްދުން ބޭރުގައި ކުރާ މުޒާހަރާތައް ރޫޅާލާނަން: ޕޮލިސް
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ބޭރުގައި، އާންމު ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މުޒާހަރާކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
އިދިކޮޅަށް ރައީސްގެ ރައްދު: ގައުމޭ ކިޔައި، ވާހަކަ ދައްކާއިރު ތިބީ ހުސް ފެއިލިއަރުން!
"އެކަކު އަނެކަކުގެ ކަރުގައި ހިފައި އަދި ބުރަކައްޓަށް ވަޅި ޖަހާފައި" ތިބި ބަޔަކު ނުކުމެ ގައުމޭ ކިޔައިގެން ވާހަކަ ދައްކާއިރު ތިބީ ހުސް ފެއިލިއަރުން ކަމަށް ވިދާޅުވެ، ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުމަށް ނިންމެވި ނިންމެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެޑިޓަރުގެ ހޮވުން
އިންޑިއާއިން ހަކުރު އެކްސްޕޯޓްކުރުން މަނާކޮށްފި، ރާއްޖެ އިސްތިސްނާވާނެ
އިންޑިއާއިން ހަކުރު އެކްސްޕޯޓްކުރުން މަނާކޮށްފި، ރާއްޖެ އިސްތިސްނާވާނެ
އިންޑިއާ އިން ހަކުރު އެސްކްޕޯޓްކުރުން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މަނާކޮށްފި އެވެ.
ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މާދަމާ ރޭ
ނޫސްވެރިކަމުގެ ހައްގުގައި މަސައްކަތްކުރަން ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ރޭ ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.
ޕީއެންސީން ނާޒިމަށް ކުރަނީ މަސްލަހަތު ގެއްލުވާލުމުގެ ތުހުމަތު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އަހުމަދު ނާޒިމް ވަކިކުރަން ޕީއެންސީގެ މެންބަރުން ހުށަހެޅީ މަޖިލީހުގެ މަސްލަހަތު ނަގާލުން ހިމެނޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ ކަމަށް އޭނާ ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފި އެވެ.
އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސާވެންޓުންގެ ގޮތުގައި ހަމަޖައްސައި، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި
ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވެންޓުންގެ ގޮތުގައި ހަމަޖައްސައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ތަސްދީގުކުރައްވައިފި އެވެ.
ގާނޫނާ ހިލާފު ނުވާ ހިނދަކު ރައީސާ ސުވާލު ކޮށްގެން ފިޔަވަޅެއް ނާޅާނެ: މުންދު
ގާނޫނާ ހިލާފު ނުވާ ހިނދަކު ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލު ކޮށްގެން އެއްވެސް މީހަކަށް އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.