ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ހާފް މެރަތަން އާއި ފަސް ކިލޯމީޓަރު ދެ އިވެންޓްގެ ޗެމްޕިއަންކަން، ކެންޔާގެ ތައިރޫ ޗޭގޭ އާއި ނޭޕާލްގެ ސަންތޯޝީ ޝްރެސްތާ ހޯދައިފި އެވެ.
ހުޅުމާލޭގައި މިއަދު ކުރިއަށްދިޔަ މި ރޭހުގެ ހާފް މެރަތަންގެ އިވެންޓްގެ ފިރިހެން ކެޓަގަރީގެ އެއްވަނަ ތައިރޫ ހޯދީ 1 ގަޑިއިރާއި 18 މިނެޓް 16 ސިކުންތުން ރޭސް ނިންމައިގެންނެވެ. ގާތްގަނޑަކަށް 21.1 ކިލޯމީޓަރުގެ ރާސްތާއެއް ކަޑަތުކުރަން ހާފް މެރަތަންގެ އަންހެން ކެޓަގަރީން ސަންތޯޝީ ކުރި ހޯދީ 1 ގަޑިއރާއި 26 މިނެޓް 30 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ފިރިހެން ކެޓަގަރީގެ ދެވަނަ ހޯދީ ނޭޕާލްގެ ސަންތޯޝް ބިކްރަމް ބިސްޓް އެވެ. އޭނާ ރޭސް ނިންމީ 1 ގަޑިއިރާއި 18 މިނެޓް 17 ސިކުންތުންނެވެ. ތިންވަނަ ހޯދި ރާއްޖޭގެ ޝިފާޒު މުހައްމަދު ރޭސް ނިންމީ 1 ގަޑިއިރާއި 20 މިނެޓް 32 ސިކުންތުންނެވެ.
ހާފް މެރަތަން އަންހެން ކެޓަގަރީގެ ދެވަނަ ހޯދީ ރާއްޖޭގެ އާއިޝަތު ޖިނާނީ އިބްރާހީމެވެ. އޭނާ ރޭސް ނިންމީ 1 ގަޑިއިރާއި 36 މިނެޓް 12 ސިކުންތުންނެވެ. ތިންވަނަ ހޯދީ 1 ގަޑިއިރާއި 51 މިނެޓުން ރޭސް ނިންމި ރާއްޖޭގެ ފާތިމަތު ޝީޒާ އެވެ.
ހާފް މެރަތަން ވަގުތީ ނަތީޖާތައް
އޯޕަން ކެޓަގަރީ (ފިރިހެން):
- ތައިރޫ ޗޭގޭ (ބިބް 1675) – 01:18:16
- ސަންތޯޝް ބިކްރަމް ބިސްޓް (ބިބް 3650) – 01:18:17
- ޝިފާޒް މުޙައްމަދު (ބިބް 6155) – 01:20:32
އޯޕަން ކެޓަގަރީ (އަންހެން):
- ސަންތޯޝީ ޝްރެސްތާ (ބިބް 7311) – 01:26:39
- އާއިޝަތު ޖިނާނީ އިބްރާހީމް (ބިބް 2543) – 01:36:12
- ފާތިމަތު ޝީޒާ (ބިބް 7150) – 01:51:00
މާސްޓާސް ކެޓަގަރީ (ފިރިހެން):
- އަސްވާން އަލީ (ބިބް 9441) – 01:33:57
- އަހްމަދު މުހައްމަދު (ބިބް 5990) – 01:34:13
- މުހައްމަދު ހަފީޒް (ބިބް 1052) – 01:39:12
މާސްޓާސް ކެޓަގަރީ (އަންހެން):
- ހުސްނާ މުހައްމަދު (ބިބް 4584) – 01:58:56
- ނެންސީ ވިސޮޓްޒްކީ (ބިބް 6780) – 02:01:32
- އާއިޝަތު މަދީހާ (ބިބް 5517) – 02:24
ރޭ ދެންވަރު 2:30 ގައި، ސެންޓްރަލް ޕާކު ސަރަހައްދުން ފެށި ރޫޓަކީ ވޯލްޑް އެތުލެޓިކްސް ރޭންކިން ކޮމްޕެޓިޝަނެއްގެ ގޮތުގައި ބަލައިގެންފައިވާ، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓެންސް ރޭސަސް (އޭއައިއެމްއެސް) ސެޓިފައިޑް ރޫޓެއްގައި ބޭއްވި ރޭހެކެވެ.
މިއަދު ހަވީރު 4:30 ގައި ބޭއްވި ފަސް ކިލޯމީޓަރުގެ އޯޕަން ދުވުމުން ވެސް އެއްވަނަ ހޯދައި، ތައިރޫ އާއި ސަންތޯޝީ ވަނީ "ޑަބަލް ޗެމްޕިއަންކަން" ކަށަވަރުކޮށްފަ އެވެ.
ފަސް ކިލޯމީޓަރުގެ ރޭސް ތައިރޫ ނިންމީ 15 މިނެޓާއި 56 ސިކުންތުންނެވެ. އަންހެން ކެޓަގަރީގެ ފަސްކިލޯމީޓަރުގެ ރޭސް ސަންތޯޝީ ނިންމީ 18 މިނެޓާއި 45 ސިކުންތުންނެވެ.
ފަސް ކިލޯމީޓަރުގެ ރޭހުގެ ފިރިހެން އަދި އަންހެން ކެޓަގަރީން ދެވަނަ ހޯދީ ހަމަ ހާފް މެރަތަންގެ ވެސް ދެވަނަ ހޯދި ސަންތޯޝް ބިކްރަމް އާއި އާއިޝަތު ޖިނާނީ އެވެ.
ފަސް ކިލޯމީޓަރުގެ ރޭހުން ތިންވަނަ ހޯދީ ރާއްޖޭގެ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އެވެ. އެ އިވެންޓްގެ އަންހެން ކެޓަގަރީގެ ރޭހުން ތިންވަނަ ހޯދީ ޢާއިޝަތު ރިޝްމީ އެވެ.
ފަސް ކިލޯމީޓަރު ދުވުމުގެ އެކި ކެޓަގަރީތަކުން ގަދަ ތިނެއްގައި ރޭސް ނިންމި ދުވުންތެރިންގެ ވަގުތީ ނަތީޖާތައް:
ފަސް ކިލޯމީޓަރުގެ ވަގުތީ ނަތީޖާ
އޯޕަން ކެޓަގަރީ (ފިރިހެން):
- ތައިރޫ ޗޭގޭ (ބިބް 1675) – 00:15:56
- ސަންތޯޝް ބިކްރަމް ބިސްޓް (ބިބް 3650) – 00:16:08
- ހުސައިން ފަޒީލް ހާރޫން (ބިބް 2075) – 00:16:39
އޯޕަން ކެޓަގަރީ (އަންހެން):
- ސަންތޯޝީ ޝްރެސްތާ (ބިބް 7311) – 00:18:45
- އާއިޝަތު ޖިނާނީ އިބްރާހީމް (ބިބް 2543) – 00:20:01
- އާއިޝަތު ރިޝްމީ (ބިބް 5454) – 00:20:25
ސްކޫލް 13 އަހަރުން ދަށް (ފިރިހެން):
- އީޒަން އިލްޔާސް ލަބީބް (ބިބް 9487) – 00:21:40
- އެލީ އިމާރީ މަގަތީ (ބިބް 5590) – 00:22:17
- ޒަވީ ޝިޔާމް އަޙްމަދު (ބިބް 4566) – 00:22:25
ސްކޫލް 13 އަހަރުން ދަށް (އަންހެން):
- އާއިޝަތު ޒާނާ ޒިޔާއު (ބިބް 6070) – 00:23:07
- އާރްޔާ ސަބާލީ މަގަތީ (ބިބް 602) – 00:24:39ަ
- މިޝާ އަހްމަދު އިބްރާހީމް (ބިބް 773) – 00:32:29
ސްކޫލް 13 އަހަރުން މަތި (ފިރިހެން):
- އިސްމާއީލް މުލްހަމް ޢާޒިމް (ބިބް 7141) – 00:18:36
- އާހިލް އިބްރާހީމް މޫސާ (ބިބް 1667) – 00:18:51
- އިބްރާހީމް މަސްރޫރު އަހްމަދު (ބިބް 4664) – 00:18:56
ސްކޫލް 13 އަހަރުން މަތި (އަންހެން):
- ކްލާރާ ސަރީނާ އާސިފް (ބިބް 50) – 00:21:44
- ކިއާރާ އަފްރާހް ގާސިމް (ބިބް 8742) – 00:23:06
- ރީއާ އަހްމަދު އަމީން (ބިބް 4244) – 00:24:18
މި ރޭހުގެ އެކި ކެޓަގަރީތަކުން ވަނަވަނައަށް ހޮވުނު ދުވުންތެރިންނަށް ފައިސާގެ އިނާމު ދިނުމަށް ދިރާގުން ވަނީ 296،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފަ އެވެ.