ޖެނީވާ (މެއި 17) - ކަންފަތުގައިލާ ޑައިމަންޑް މުދި ޖޯޑެއް ރެކޯޑް އަގެއް ކަމަށްވާ 57.4 މިލިއަން ޑޮލަރަށް ސްވިޒަލެންޑުގެ ޖެނީވާގައި އޮތް ނީލަމެއްގައި ވިއްކާލައިފި އެވެ.
އެޕޯލޯ އަދި އާޓެމިސްގެ ނަން ދީފައިވާ މި ގަހަނާ ސެޓުގެ ކޮންމެ އެއްޗެއްގައި 16 ކެރެޓް ހުއްޓެވެ. ސައުތު އެފްރިކާ އިން ނަގާފައިވާ މި ޑައިމަންޑް ޖޯޑުގެ އާޓެމިސްގެ ކުލަ އަކީ ފިޔާތޮއްޓެވެ. އެޕޯލޯގެ ކުލަ އަކީ ނުލެވެ. މި ދެ ޑައިމަންޑުގެ އަގު ވެސް ވަރަށް ތަފާތެވެ. އެޕޯލޯ ވިއްކާލާފައި ވަނީ 42.5 މިލިއަން ޑޮލަރަށް ކަމަށްވާ އިރު އާޓެމިސް ވިއްކާލާފައި ވަނީ 15.5 މިލިއަން ޑޮލަރަށެވެ. އަދި މިއީ ވަރަށް މަދުން ނޫނީ ނުހުންނަ ޑައިމެންޑެއް ކަމަށް ނީލަން އިންތިޒާމް ކުރި ފަރާތުން ބުންޏެވެ.
ކަންފަތުގައިލާ ކުދި ޖޯޑު ގަތް މީހާގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. ނީލާން އިންތިޒާމް ކުރި ފަރާތުން ލަފާކޮށްފައި ވަނީ ކަންފަތުގައިލާ މުދި ޖޯޑުގެ އަގު 70 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.