ލުބުނާނަށް ދެމުންދާ ހަމަލާތައް އިޒްރޭލުން ވަގުތުން ނުހުއްޓައިފި ނަމަ، އެކަމަށް ރައްދު ދޭނެ ކަމުގެ އިންޒާރެއް އިރާނުގެ އިންގިލާބީ ފޯސް (އައިއާރުޖީސީ) އިން ދީފި އެވެ.

އިރާންގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި އެ ގޮފިން ބުނީ، ލުބުނާނަށް ދޭ ހަމަލާތައް އިޒްރޭލުން ވަގުތުން ހުއްޓާނުލައިފި ނަމަ، ލުބުނާނަށްޓަކައި ވާޖިބު އަދާކުރާނެ ކަމަށެވެ އެވެ.

"އެއްބަސްވުންތަކާ ޚިލާފުވާ އެމެރިކާއަށާއި އެމީހުންގެ އެކުވެރި ޒަޔަނިސްޓުންނަށް އަހަރެމެން ވަރުގަދަ އިންޒާރެއް ދެން. އަހަރެމެންގެ އަހުވަންތަ ލުބުނާނަށް ދެމުންދާ  ހަމަލާތައް ވަގުތުން ނުހުއްޓައިފި ނަމަ އަހަރެމެންގެ ވާޖިބު އަދާކޮށް، އޭގެ ރައްދު ދޭނަން،" އިރާނުގެ އެންމެ މަތީ އަސްކަރީ ގޮފި، އިންގިލާބީ ފޯސްއިން ޓީވީ މެދުވެރިކޮށް ނެރުނު ބަޔާނުގައި ބުންޏެވެ.

އިރާނުގެ ސަރުކާރުން ބުނި ގޮތުގައި އިޒްރޭލުން ހިންގާ މި ހަމަލާތަކަކީ ސަރަހައްދީ ސުލްހައަށް އޮތް ބޮޑު ހުރަހެކެވެ އެވެ.

އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ޝަރުތުތައް ވަރަށް ސާފު ކަމަށެވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި ހަނގުރާމަ ކުރިއަށް ގެންދިއުމަކީ އެއްކޮށް ކުރެވޭނެ ކަންކަމެއް ނޫނެވެ އެވެ. 

"އެމެރިކާއިން އިޚްތިޔާރު ކުރަންވީ ހަމަލާ ބަދަލުކުރުން ހުއްޓާލުން ނުވަތަ އިޒްރޭލު މެދުވެރިކޮށް ހަނގުރާމަ ކުރިއަށް ގެންދިއުން. މި ދެކަންތައް އެއްކޮށެއް ނުލިބޭނެ،" އަރަގްޗީ ވިދާޅުވި އެވެ.

ލުބުނާނުގައި ހިންގަމުންދާ "ގަތުލުއާންމުތައް" ދުނިޔެއަށް ފެންނަ ކަމަށާއި، އެމެރިކާއިން އެ ގައުމުގެ ވައުދުތަކަށް އިހުތިރާމް ކުރޭތޯ ދުނިޔެ ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ އެވެ.