ސްކޫލު މާހައުލުގައި ހަރަކާތްތެރިވުމަށް ދަރިވަރުންނަށް ބާރު އެޅުމަށް "ސްކޫލް ކޮރިޑޯ އެކްޓިވިޓީ، ހާޓީ ބްރޭކްސް" ޕްރޮގްރާމް، ފަސްޓް ލޭޑީ ފަޒްނާ އަހުމަދު މިއަދު ފައްޓަވައިދެއްވައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އަދި ޓައިނީ ހާޓްސް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތް އެންމެ ފުރަތަމަ ފެށީ ހުޅުމާލޭ ޣާޒީ ސްކޫލުގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އަދި ޓައިނީ ހާޓްސް ގުޅިގެން ފެށި ކޮރިޑޯ އެކްޓިވިޓީގައި ހިމެނޭ ކަންތައްތައް، ފަސްޓްލޭޑީ ފަޒްނާ އަހުމަދު ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް
އެޑިއުކޭޝަން މިނިސްޓްރީ އަދި ޓައިނީ ހާޓްސް ގުޅިގެން ފެށި ކޮރިޑޯ އެކްޓިވިޓީގައި ހިމެނޭ ކަންތައްތައް، ފަސްޓްލޭޑީ ފަޒްނާ އަހުމަދު ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ވިދާޅުވީ ކްލާހުން ދަރިވަރުން ނިކުންނަ ވަގުތު ސިކުނޑި ހަމަޖައްސާލަން ކުޑަ ކަސްރަތެއް ކޮށްލުމުގެ ފުރުސަތު ލިބުމަކީ އެ ކުދިންގެ ދުޅަހެޔޮކަމަށް ލިބޭނެ ބާރެއް ކަމަށެވެ. އެ ހަރަކާތުގެ ސަބަބުން، ކޮރިޑޯގައި ކުދިން ދުވެއުޅުމުގެ ބަދަލުގައި ހެޔޮގޮތުގައި ބޭނުންކުރަން ދަރިވަރުންނަށް ދަސްވާނެ ކަމަށް، ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ފަސްޓްލޭޑީ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އަދި ޓައިނީ ހާޓްސް ގުޅިގެން ފެށި ކޮރިޑޯ އެކްޓިވިޓީގައި، ޣާޒީ ސްކޫލުގެ ދަރިވަރުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެޑިއުކޭޝަން މިނިސްޓްރީ އަދި ޓައިނީ ހާޓްސް ގުޅިގެން ފެށި ކޮރިޑޯ އެކްޓިވިޓީގައި، ޣާޒީ ސްކޫލުގެ ދަރިވަރުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

ޓައިނީ ހާޓްސް އިން ބުނި ގޮތުގައި ޣާޒީ ސްކޫލުގައި ޕައިލެޓް ޕްރޮޖެކްޓް ފެށީ ވޯލްޑް ހާޓް ފެޑެރޭޝަންގެ ހިލޭ އެހީގެ ދަށުންނެވެ. އަޖުމަ ބެލުމަށް މިވަގުތު ޣާޒީ ސްކޫލުގައި އެކަނި ކްރޮޑޯ އެކްޓިވިޓީ ހުއްޓަސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އެފަދަ ތަންތަން ހަދާނެ ކަމަށް ވިދާޅުވި އެވެ.

ކޮރިޑޯ އެކްޓިވިޓީސްގެ ތެރޭގައި، އެއް ކުރެހުމުން އަނެއް ކުރެހުމަށް ފުންމަމުން ފުރިހަމަކުރެވޭ ހަރަކާތްތައް ހިމެނެ އެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި، ރާއްޖޭގައި މަރުވާ މީހުންގެ 84 ޕަސެންޓަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނެވެ. އޭގެ ތެރެއިން އެންމެ ގިނައީ ހިތާއި ލޭނާރުތަކަށް ޖެހޭ ބަލިތަކުގައި މަރުވާ މީހުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީ އަދި ޓައިނީ ހާޓްސް ގުޅިގެން ފެށި ކޮރިޑޯ އެކްޓިވިޓީގައި ހިމެނޭ ކަންތައްތައް، ފަސްޓްލޭޑީ ފަޒްނާ އަހުމަދު ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް
އެޑިއުކޭޝަން މިނިސްޓްރީ އަދި ޓައިނީ ހާޓްސް ގުޅިގެން ފެށި ކޮރިޑޯ އެކްޓިވިޓީގައި ހިމެނޭ ކަންތައްތައް، ފަސްޓްލޭޑީ ފަޒްނާ އަހުމަދު ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ޓައިނީ ހާޓްސް އިން ބަލަހައްޓާ، އުފެދުމުގައި ހިތުގެ އުނިކަން ހުންނަ ކުދިންގެ ދަފްތަރުގައި މިހާތަނަށް 585 ކުއްޖަކު ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުންޏެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ހިތުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "އަހަރެންގެ ހިތް، ތިބާގެ ހިތް- ދުޅަހެޔޮ ހިތަކަށް ވައުދުވަމާ" މި އެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ހިތުގެ ދުވަސް ރާއްޖޭގައި ވެސް ފާހަގަކުރަނީ ހިތުގެ ބަލިތަކަށް އާންމުން ހޭލުންތެރިކުރުވުމަށެވެ.