މާލޭގެ ފަހާތަނެއްގައި އަންހެނަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފަހާތަނެއްގައި އަންހެނަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ސޯޝަލްމީޑީއާގައި އާއްމުވެފައިވާ ގޮތުގައި ބިދޭސީއަކު ޖިންސީގޯނާކުރީ ފަހާތަނަށް މިން ނަގަން ދިޔަ 19 އަހަރުގެ އަންހެން ކުއްޖަކަށެވެ. ގަދަކަމުން އަންހެން ކުއްޖާއާ ބެހުނު ކަމަށް ތުހުމަތުކުރާ މައްސަލާގައި ފުލުހުން އެތަނަށް ގޮސް ބިދޭސީ މީހާ ހައްޔަރުކުރާ ފޮޓޯ ވެސް ވަނީ އާއްމުވެފަ އެވެ.