މިއީ ރަޖަބު މަހަށް ހަނދު ބެލުމާ އެކު، ޝައުބާން މަހާއި ރަމަޟާން މަސް ވެސް ޝާމިލްވާހެން ކީރިތި ރަސޫލާ ކުރެއްވި ދުއާއެކެވެ.
މާތް މައްސަރުގެ ދުއާކުރުމާއި ޒިކުރުކުރުމާ އެކު އަޅުކަމުގައި ހޭދަކުރުން އެންމެ ހެޔޮމަގުން ކުރުމުގެ ތައުފީގުދެއްވުން އެދި މި ދުއާ ކުރަން ޖެހޭ ކަމަށް ޝައިހް އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވި އެވެ.
އެ ދުއާގެ މާނައިގައި ވަނީ "ޔާ ﷲ! ރަޖަބުމަހާއި ޝައުބާން މަހުގައި އަޅަމެންނަށްޓަކައި ބަރަކާތް ލައްވާނދޭވެ! އަދި ރަމަޟާން މަހުގައި އަޅަމެންނަށްޓަކައި ބަރަކާތް ލައްވާނދޭވެ!،" މިހެންނެވެ.
މިއީ ވަރަށް ކުރު ދުއާއެއް ކަމަށް ވިޔަސް އެއީ މިފަދަ މާތް މައްސަރެއްގައި ތަކުރާރުކޮށް ވެސް ކުރުން ވަރަށް މުހިންމު ދުއާއެކެވެ.