ރިޓަޔަމެންޓް ޕެންޝަން ސްކީމާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބާއްވާ ފޮޓޯ މައުރަޒު މިއަދު ފަށައިފި އެވެ.

މި މައުރަޒުގައި ބައިވެރިކުރުމަށް މިދިޔަ އޮކްޓޫބަރު 10 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ފޮޓޯ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 56 ފޮޓޯ ލިބުނު ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ. މި މައުރަޒު ހުޅުވަން އާޓްގެލެރީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވަނީ އޭގެ ތެރެއިން އެންމެ މޮޅު ތިން ފޮޓޯ ވެސް ހޮވައިިފަ އެވެ.

މިއަދު ހުޅުވި ފޮޓޯ މައުރަޒުގައި ދައްކާލަން ބަހައްޓާފައި ހުރި ފޮޓޯއެއް.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މިއަދު ހުޅުވި ފޮޓޯ މައުރަޒުގައި ދައްކާލަން ބަހައްޓާފައި ހުރި ފޮޓޯއެއް.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މި މުބާރާތުން އެއް ވަނަ ލިބުނީ ނ. ޅޮހީ، ރޯޒްމީޑް، ހުސެއިން ނިޔާޒަށެވެ. ދެ ވަނަ ގދ. ތިނަދޫ، ފީރޯޒުގޭ ސައްދާމް ނަސީމަށް ލިބުނުއިރު ތިން ވަނަ ލިބުނީ ގއ. ކަނޑުހުޅުދޫ، އުޑުވިލާގެ ޒަމްއަތު އަހުމަދަށެެވެ. މި މީހުންނަށް އިނާމު ދީފައިވަނީ ސިމްޑީ ކުންފުނިންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވީ ޕެންޝަނަށް އާއްމުން ހޭލުންްތެރިކުރުވަން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން، މި ފޮޓޯ މައުރަޒަކީ އޭގެ ހެެއްކެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ހަރަކާތްތައް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ހުޅުވި ފޮޓޯ މައުރަޒުގައި ދައްކާލަން ބަހައްޓާފައި ހުރި ފޮޓޯތަކެއް.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މިއަދު ހުޅުވި ފޮޓޯ މައުރަޒުގައި ދައްކާލަން ބަހައްޓާފައި ހުރި ފޮޓޯތަކެއް.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން، ޕެންޝަނަރެއް ކަމަށްވާ އަބްދުލް އަޒީޒް ޔޫސުފް ވިދާޅުވީ ޕެންޝަން ފަދަ މުހިއްމު ކަންތައްތަކަށް އާއްމުން ހޭލުންތެރިކުރުވަން ޖެހޭ ކަމަށެވެ. ފޮޓޯ އަކީ އާއްމުންނަށް ފަސޭހަ އިން މެސެޖު ފޯރުކޮށްދެވޭނެ އެއްޗެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މައުރަޒު މާދަމާގެ ނިޔަލަށް އޮންނާނެ އެވެ.