ހުޅުމާލޭގެ ފޭސް 2 ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަދަމުންދާ ޓަވަރުގެ 14 ވަނަ ބުރިން ބިދޭސީއަކު މިއަދު ވެއްޓި މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ބަންގްލަދޭޝްގެ އެ މަސައްކަތު މީހާ ވެއްޓުނުކަން ރިޕޯޓު ކޮށްފައި ވަނީ މިއަދު މެންދުރު 1:45 ގައި ކަމަށެވެ.
އެ މީހާ މަރުވެފައި ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
މާލެ ސަރަހައްދުގައި ހަދަމުން އަންނަ އިމާރާތަކުން މީހަކު ވެއްޓި މަރުވެފައި މިވަނީ މިފަދަ ހާދިސާއެއް ނުހިނގާތާ ދުވަސްތަކަކަށް ފަހު އެވެ.
އިމާރާތް ކުރުމުގައި ސަލާމަތީ ފިޔަވަޅުތައް ދޯދިޔާވުމުން ހިތާމަވެރި އެތައް ހާދިސާއެއް މީގެ ކުރިން ވެސް ހިނގާފައިވެ އެވެ.