ތ.ތިމަރަފުށީގައި އުޅޭ ނުކުޅެދިންތެރިކަން ހުންމަ މީހަކު އެ ރަށު މަގެއްގެ މައްޗަށް ވެެއްޓިފައި އޮއްވައި އޭނާގެ ޖީބުގައި އޮތް ފޯނު ވަގަށް ނަގައި އެ ވިއްކާލަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހާ ވެއްޓިފައި އޮއްވައި ޖީބުން ފޯނު ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން، ފުލުހުން ކުރި މަސައްކަތުން އެ ފޯނު ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
ފޯނު ހޯދުނީ ވިއްކާލަން މަސައްކަތް ކުރަނިކޮށް ކަމަށާއި މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކާއި 20 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފޯނު ވަގަށް ނެގީ އޭނާ ވެއްޓިފައި އޮއްވައި އެހީތެރިވި މީހުންގެ ތެރެއިން މީހެއް ކަމެއް ނުވަތަ އެހެން ބަޔަކު ކަމެއް އަދި ނޭނގެ އެވެ.