ތ. ތިމަރަފުށީގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ފޮށި ފަޅާލައި ވައްކަންކުރި މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ފައިސާ އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ މި ވައްކަން ކޮށްފައިވަނީ ރޭގެ ފަތިހު 5:30 ހާއިރު ކަމަށެވެ. ފޮށިން ވަގަށް ނަގާފައިވަނީ 2،785ރ. ކަމަށާއި ވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހޯދައި އޭނާގެ އަތުން އެ ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.