މާލޭގައި ސައިކަލްތަކުގެ މަޑިދަށުން ވައްކަން ކޮށްގެން މިދިޔަ މަހުގެ ނިޔަލަށް މި އަހަރު 105 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
"މިހާރު" އާ ފުލުހުން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ސައިކަލް މަޑިދަށުން ވައްކަންކޮށްގެން ޖެނުއަރީމަހާއި ފެބުރުއަރީ މަހު 44 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އަދި މާޗް މަހު 15 މައްސަލައެއް ހުށަހަޅާފައި ވާއިރު އޭޕްރީލް މަހު ވެސް 24 މައްސަލައެއް ހުށަހެޅި އެވެ. މިދިޔަ މަހު ވެސް އެފަދަ 22 މައްސަލައެއް ފުލުހުންނަށް ހުށަހެޅި އެވެ.
ފުލުހުން ބުނިގޮތުގައި މިފަދަ ވައްކަމާއި ފޭރުމުގެ މައްސަލަތައް އެންމެ ބޮޑީ އާޓިފިޝަލް ބީޗު ސަރަހައްދާއި އިންޑަސްޓްރިއަލް ޒޯނުގެ ސަރަހައްދާއި ފަތާ ޓްރެކް ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދުގަ އެވެ.
ވައްކަމާއި ފޭރުމުގެ މައްސަލަތަކަށް ސަމާލުވުމަށާއި އަދި ހާއްސަކޮށް، އެފަދަ ކުށްތައް ގިނައިން ހިނގާ ސަރަހައްދުތަކުގައި އުޅޭއިރު އާއި ސައިކަލް ފަދަ ތަކެތި ބެހެއްޓުމުގައި އިތުރަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
ބޮޑެތި އަދަދުތަކުން ފައިސާ ފޭރުމާއި ވައްކަމުގެ ބޮޑެތި މައްސަލަތަކެއް ފުުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.