މާލޭގެ ވިޔަފާރި ބަނދަރުގައި ބޭނުންކުރާ ފޯކްލިފްޓެއްގެ ދަށުވެ މަޖޫރީއެއްގެ ފައި މިއަދު ޗިސްވެއްޖެ އެވެ.

އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށާއި އިތުރު ތަފުސީލެއް ދެވޭނީ އެ ތަހުގީގަށް ފަހު ކަމަށެވެ.

"މިހާރު"އަށް ލިބިފައިވާ ފޮޓޯއެއަކުން ފެންނަ ގޮތުގައި އެ މީހާގެ ފައި ދަށުވީ ފޯކްލިފްޓްގެ ފަހަތުގެ ފުރޮޅެއް ދަށުވެގެންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ބަނދަރުގައި އޮތް ބޯޓަކަށް ކޮންޓެއިނަރެއް އަރުވަނިކޮށް، އެއިން ޖެހި މީހެއްގެ ކަނާތު ފައި ބުރިކޮށްލަން ޖެހުނެވެ.