ރާއްޖޭގައި މިއަދު ފާހަގަކުރަމުން އަންނަ އިންޖިނީއަރިންގެ ދުވަހާ ގުޅުވައިގެން ސްޓެލްކޯ އިން ކުޑަކުދިންނަށް ހާއްސަކޮށްގެން ބޭއްވި ކުރެހުމުގެ މުބާރާތުގައި ވަނަތައް އިއްޔެ ހޮވައިފި އެވެ.

އިންޖިނިއަރުންގެ ދުވަހަށް ކުރެހުމުގެ މުބާރާތެއް ބާއްވަން އެ ކުންފުނިން ނިންމީ ސްޓެލްކޯގެ އިންޖިނިއަރުންގެ މަސައްކަތާއި އެކަމަށް ހުންނަ ޝައުގުވެރިކަން ދައްކުވައިދިނުމުގެ ގޮތުންނެވެ.

އާންމުކޮށް ހުޅުވާލައިގެން ބޭއްވި ކުރެހުމުގެ މުބާރާތުގައި ދައްކުވައިދޭން ޖެހުނީ ސްޓެލްކޯގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ އިންޖިނީއަރުންގެ ހިދުމަތެވެ.

ސްޓެލްކޯ އިން ބޭއްވި ކުރެހުމުގެ މުބާރާތުގައި އުމުރުން 11-15 އަހަރާ ދެމެދުގެ ކެޓަގަރީން އެއްވަނަ ހޯދި އާއިޝަތު ރައިނާގެ ކުރެހުން.
ސްޓެލްކޯ އިން ބޭއްވި ކުރެހުމުގެ މުބާރާތުގައި އުމުރުން 11-15 އަހަރާ ދެމެދުގެ ކެޓަގަރީން އެއްވަނަ ހޯދި އާއިޝަތު ރައިނާގެ ކުރެހުން.

އޭގެ ތެރޭގައި އިލެކްޓްރިކަލް، މެކޭނިކަލް، ސިވިލް، ސޮފްޓްވެއާ، ރިނިވަބަލް އެނާޖީ، ވޯޓާ އެންޑް ސިވަރޭޖް އިންޖިނީއަރުން ހިމެނެ އެވެ.

އެ މުބާރާތުގައި ބަހައިލީ ދެ އުމުރުފުރާއަކަށެވެ. އެއީ އުމުރުން ފަސް އަހަރާއި 10 އަހަރު އަދި 11 އަހަރާއި 16 އަހަރުގެ އުމުރުފުރާ އެވެ.

ފަސް އަހަރާއި 10 އަހަރާ ދެމެދުގެ ކެޓަގަރީގެ ވަނަތައް

  1. ޔަލީނާ އައިޝް ހުސެއިން
  2. ޔާރިއާ އައިން ހުސެއިން
  3. އައިރީން ބިންތި އަހުސަން

11 އަހަރާއި 16 އަހަރާ ދެމެދުގެ ކެޓަގަރީގެ ވަނަތަައް

  1. އައިޝަތު ރައިނާ
  2. އައިޝަތު ނާޔާ މުހައްމަދު
  3. ރައިނާ ރިލްވާން ހުސްނީ

މި މުބާރާތައް ފައިސާގެ އިނާމު ވެސް ވަނީ ދީފަ އެވެ. އެއީ އެއްވަނަ އަށް 2،500ރ. ދެވަނަ އަށް 1،500ރ. އަދި  ތިންވަނައަށް 1.000ރ. އެވެ.

އޭގެ އިތުރުން ހަތަރުވަނައިން ފެށިގެން 10 ވަނައަށް 500ރ. ވެސް ވަނީ ދީފަ އެވެ.

އިންޖީނިއަރުންގެ ދުވަހަށް ސްޓެލްކޯއިން ބޭނުންކުރާ ބެކްޑްރޮޕް: މިއީ މުބާރާތުގެ އެއްވަނަ ކުރެހުން.
އިންޖީނިއަރުންގެ ދުވަހަށް ސްޓެލްކޯއިން ބޭނުންކުރާ ބެކްޑްރޮޕް: މިއީ މުބާރާތުގެ އެއްވަނަ ކުރެހުން.

ސްޓެލްކޯ އިން ފާހަގަކުރާ އިންޖިނިއަރުންގެ ދުވަހުގެ ބެކްޑްރޮޕުގެ ގޮތުގައި ބޭނުން ކުރަން ނިންމާފައި ވަނީ މުބާރާތުން އެއްވަނައަށް ދިޔަ ކުރެހުމެވެ.