ފ. ނިލަންދޫން ފުރައިގެން ދ. މީދުއަށް ލޯންޗެއްގައި ދަތުރުކުރި ބަޔަކު ކަނޑުގަދަވުމުގެ ސަބަބުން ހާލުގައި ޖެހިފައި ތިއްބާ ފުލުހުންގެ އެހީތެރިކަމާ އެކު ސަލާމަތްކޮށްގެން ނިލަންދުއަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ކަނޑުގަދަވެ ލޯންޗަށް ރާޅުއެރުމުގެ ސަބަބުން ހާލުހައި ޖެހިފައި ތިއްބާ ސަލާމަތްކޮށްގެން ނިލަންދުއަށް ގެންދިޔައީ ތިން ފަޅުވެރިން ހިމެނޭ ގޮތުން ޖުމްލަ 15 މީހުން ކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. 

ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމާ ބެހޭ މައުލޫމާތު ހޯދުމަށާއި އުޅަނދުފަހަރުގައި ހުންނަން ޖެހޭ ވަސީލަތްތައް ހަމައަށް ހުރިކަން ކަށަވަރުކުރަން އިލްތިމާސްކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.