ރަސްފަންނު މަރާމާތުކުރަން މިއަދުން ފެށިގެން އެ ތަން ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

އިންފްރަސްޓްރަކްޗާ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މަރާމާތުކުރާ މުއްދަތުގައި، އެ މަސައްކަތް ކުރިއަށް ގެންދާ ސަރަހައްދުތައް ވަގުތީގޮތުން ބަންދުވާނެ ކަމަށެވެ.

ރަސްފަންނު ވަރަށް ބޮޑަށް ގިރައިގެން ދިއުމާއި އެ ތަނުގައި ބަހައްޓާފައި ހުރި ހަޓުތައް ހަލާކުވެފައި ހުންނާތީ، އެ ސަރަހައްދު ރަނގަޅަށް ބޭނުން ނުކުރެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. 

އެހެންވެ، އެ ތަން މަރާމާތުކުރަން ސިޓީ ކައުންސިލުން އޭރު މަސައްކަތް ފެށި އެވެ. ނަމަވެސް، ފަހުން އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެކަމާ ހަވާލުވީ އެވެ. އެކަމަކު، އެކަމެއް ފުރިހަމައެއް ނުވެ އެވެ.