އައްޑޫ، ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ ސަރަހައްދުގައި މީހަކު މަރުވެފައި އޮތް ކަމަށް ރިޕޯޓު ކުރީ މިއަދު ހަވީރު 4:30 ހާއިރު ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނީ ބިދޭސީއެއް ނަމަވެސް މިހާތަނަށް އެއީ ކާކު ކަން ކަށަވަރު ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާގެ ހަށިގަނޑު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.