މާލެއިން ހުޅުމާލެއަށް ކުނި ބަރުކޮށްގެން ދަތުރުކުރި ޕިކަޕެއް ސިނަމާލޭ ބްރިޖުގައި ފުރޮޅާލައިފި އެވެ. 

ހެނދުނު 9:45 ހާއިރު ރިޕޯޓުކޮށްފައިވާ އެ ހާދިސާ ހިނގީ ފުލުހުން ބުނި ގޮތުގައި ޕިކަޕުގެ ފުރޮޅެއް ފަޅައިގެން ގޮސް އަރި އަޅާލައި ފެންސުގައި ޖެހުމުގެ ސަބަބުންނެވެ. 

ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެެ.

އާންމުވެފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި ފުރޮޅާލި ޕިކަޕުގެ ކުރީކޮޅު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަދި ޕިކަޕުގައި ހުރި ކުނިތައް ވެސް ބްރިޖުމައްޗަށް އެޅިފައި އޮތެވެ.