ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންނަށް އިހުލާސްތެރި ވެރިއެއް ކަމަށާއި އެ މަނިކުފާނަށް އެއްބާރުލުން ދެވޭ ވިސްނުންތަކަށް ޖާގަދޭން ޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.

ގދ. ފިޔޯގައި އަޅަން ސަރުކާރުން ނިންމާފައިވާ މަސް ފެކްޓަރީ އަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތް ފަށަން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ މިއަދު ފެށި މަޝްރޫއު ނޫނަސް ފިޔޯރީގައި ހިންގަން ކުރިއަށް ބޮޑެތި މަޝްރޫއުތައް އެބަހުރި ކަމަށާއި އެއާ އެކު، ރަައްޔިތުންގެ ޒިންމާތަކެއް ވެސް އެބަ އޮތް ކަމަށެވެ.

އެގޮތުން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފިޔޯރީ ހިމެނޭ ދާއިރާ އަށް ހޮވައިދިނީ ރައީސާ ގުޅިގެން މަސައްކަތް ކުރާނެ ހިޔާލާ ފިކުރުގެ ބޭފުޅެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެން ކަމުން އަބަދުވެސް ވިސްނުން ގެންދަވަން ވީ މިގޮތަަށް. މިގޮތަށް އަޅުގަނޑުމެންގެ ކުރިމަގު އަަޅުގަނޑުމެން ތަރުތީބު ކުރަން ޖެހޭނީ. އިހުލާސްތެރި ވެރިއަކަށް، އެ ބޭފުޅާ ކުރައްވާ މަސައްކަތްތަކަށް އެއްބާރުލުން ދެވޭ ވިސްނުންތަކަށް އަޅުގަނޑުމެން ޖާގަ ދޭން ޖެހޭ އެބަ،" ނައިބު ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިިދާޅުވީ އެހެން ނޫނީ ސަރުކާރުން ކުރާ މަސައްކަތްތަކަށް އުނދަގޫތަކެއް ހުންނާނެ ކަމަށެވެ. 

މިއަދުގެ ރަސްމިއްޔާތުގައި މަސްވެރިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނައިބު ރައީސް ހުސައިން ވިދާޅުވީ، ކުރީގެ ސަރުކާރުން ބޮޑުކުރި ގޮތަށް މަހުގެ އަގު ހިފަހައްޓައިގެން ތިބި ނަމަ މަސްވެރިންނަށް ފައިސާ ދެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ނިންމެވީ ދެމެހެއްޓެނިވި ގޮތެއްގައި މަސް ގަނެވޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސަން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ. 

ނައިބުރައީސްް ހުސައިން މުހައްމަދު ލަތީފު ފިޔޯރީއަށް ވަޑައިގެންނެވުމުން ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. ފޮޓޯ: ހައުސިން މިނިސްޓްރީ
ނައިބުރައީސްް ހުސައިން މުހައްމަދު ލަތީފު ފިޔޯރީއަށް ވަޑައިގެންނެވުމުން ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. ފޮޓޯ: ހައުސިން މިނިސްޓްރީ

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މަސައްކަތުގެ އަގު އެމަނިކުފާނު [ރައީސް މުއިއްޒު] ވައުދުވި އަގަށް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ގެންދެވޭނެ ކަމުގެ އުފާވެރި ޚަބަރު ވެސް އަަޅުގަނޑު ދެން،" ނައިބުރައީސް ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވީ ރޯމަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރުމަށެވެ. 

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ރާއްޖޭން އަހަރަކު ބޭރުކުރާ ގާތްގަނޑަކަށް 70،000 ޓަނުގެ މަހުގެ ތެރެއިން ދަޅުގައި ބަންދުކޮށްގެން ބޭރުކުރެވެނީ އެންމެ 15 ޕަސެންޓު ކަމަށެވެ.

އަނެއް 85 ޕަސެންޓު ބޭރުކުރަނީ ގަނޑުކުރި މަހުގެ ގޮތުގައި ކަމަށާއި އެ ގޮތަށް ބޭރުކުރުމުން އެކަށީގެންވާ އާމްދަނީއެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދަޅުގައި ބަންދުކުރާ މަހުގެ އަދަދު އެހާ މަދުވަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި މިފްކޯގެ ފެލިވަރު ފެކްޓަރީގެ ގާބިލްކަން ކުޑަވުމުންނެވެ. އެ ފެކްޓަރީގައި ބަންދު ކުރެވެނީ ދުވާލަކަށް 50 ޓަނު ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިދެންނެވި  50 ޓަނު، މަސް ބަންދުކުރެވޭ ނޫނީ ދަޅަށް ލެވޭ ނޫނީ އަގު އެއްކުރެވޭ ގޮތަށް މިވަގުތު އޮތް ކެޕޭސިޓީ 300 ޓަނަށް ބަދަލުކުރުން. އޭގެ އެއް މަޝްރޫއު މިތާނގައި [ފިޔޯރީގައި] ކުރިއަށް މިދަނީ،" ޝިޔާމް ވިދާޅުވި އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީގައި ދެން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި މަސް ރައްކާކުރުމުގެ ގާބިލުކަން ކުޑަވުމެވެ.