ރިސޯޓެއްގައި ބައިގެންދިޔަ ކުއްޖެއްގެ މަރުގެ މައްސަލައިގެ ތަހުގީގު ތެރެއިން އެ ކުއްޖާގެ އޮޓޮޕްސީ ހަދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

ވ. އަތޮޅުގެ ރިސޯޓެއްގައި އުމުރުން 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެއިންދާ ކުއްޖާ ބައިގެންދިޔަ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ 26 ގަ އެވެ. އެ މައްސަލާގެ އިތުރު ތަފުސީލެއް މީގެކުރިން ފުލުހުން ދީފައެއް ނުވެ އެވެ. 

އެ ކުއްޖާގެ މަރުގެ މައްސަލާގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން، އެ މައްސަލަ ބަލަމުންދާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ތަހުގީގު ބޭނުމަށް ކުއްޖާގެ އޮޓޯޕްސީ ހަދާފައިވާ ކަމަށެވެ.

އެކަމަކު އޮޓޯޕްސީގައި ފައިނަލް ރިޕޯޓު މިހާތަނަށް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

 

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.