ބައިގެންދިޔަ ކުއްޖެއްގެ މަރުގެ މައްސަލަ ފުލުހުން އިއްޔެ ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ވ. އަތޮޅުގެ ރިސޯޓެއްގައި އުމުރުން 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެއިނދެ، ކުއްޖާ ބައިގެންދިޔަ މައްސަލައެއް އިއްޔެގެ ހެނދުނު 10 ޖެހި ފަހުން އެ އިދާރާ އަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރާ ކަމަށް ބުނުން ފިޔަވާ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
އެނގިފައިވާ ގޮތުގައި، އެ އަންހެން މީހާއަކީ ސިނަމަން ވިލުފުށި ރިސޯޓުގެ މުވައްޒަފެކެވެ.
ކުއްޖާގެ މަރާ ގުޅޭ ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ތަހުގީގު ކުރަމުން އައި ނަމަވެސް، ފުލުހުން އަދި އެ މައުލޫމާތު ސީދާ ކަށަވަރުކޮށެއް ނުދެ އެވެ.