މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯއިން ވިލިމާލޭގައި 1،200 ކިލޯވޮޓްގެ ޖެންސެޓެއް ބޭނުންކުރަން ފަށައިފި އެވެ.

ސްޓެލްކޯއިން ބުނީ އަލަށް ބޭނުންކުރަން ފެށި ޖެންސެޓާއެކު ވިލިމާލޭގެ ކަރަންޓް ކެޕޭސިޓީ އިތުރުވެ، އެ އަވަށުގައި ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ޔަގީންކަން އިތުރަށް ކަށަވަރު ކުރެވި އަދި ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.

ސްޓެލްކޯއިން ވިލިމާލޭގައި ބެހެއްޓި 1200 ކިލޯވޯޓުގެ ޖެންސެޓް އިންޖީނު ގެ އަށް ގެންދަނީ.-- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯއިން ވިލިމާލޭގައި ބެހެއްޓި 1200 ކިލޯވޯޓުގެ ޖެންސެޓް އިންޖީނު ގެ އަށް ގެންދަނީ.-- ފޮޓޯ: ސްޓެލްކޯ

ކަރަންޓުގެ ޕީކް ސީޒަންގެ ގޮތުގައި ބަލަނީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާވާ ދުވަސްވަރެވެ.

މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަލަންޑަރުގައިވާ ގޮތުން ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހެވެ. ރޯދަ މަހު ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތާއި އޮފީސްތަކުގައި މީހުން ހޭދަކުރާ ވަގުތު މަދުވެ، ގޭގައި ހޭދަކުރާ ވަގުތު އިތުރުވުމުން ކޮންމެ ރޯދަ މަހެއްގައި ވެސް ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ އެވެ.

ސްޓެލްކޯއިން ވިލިމާލޭގައި ބެހެއްޓި 1200 ކިލޯވޯޓުގެ ޖެންސެޓް.-- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯއިން ވިލިމާލޭގައި ބެހެއްޓި 1200 ކިލޯވޯޓުގެ ޖެންސެޓް.-- ފޮޓޯ: ސްޓެލްކޯ

މިދިޔަ އަހަރުގެ ރޯދަ މަހާ ދިމާކޮށް ހުޅުމާލޭގައި ވެސް އިންޖީނުގެއެއް ވަނީ ހުޅުވައިފަ އެވެ. އެގޮތުން ހުޅުމާލޭ އިންޖީނުގެ އެނެކްސް2 ގެ ގޮތުގައި ހުޅުވި އާ އިންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބަހައްޓާފައިވެ އެވެ.