ވީއޭއެމް ރާއްޖެ ސުޕަ ލީގުގެ ގުރޫޕްތަކުގެ އެއްވަނަ ށ. ފުނަދޫ އާއި ކ. ހުރާ އެއްވަނަ ހޯދައިފި އެވެ.
އެ ދެ ޓީމު ސެމީ ފައިނަލަށް ދަތުރު ކުރީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްގެންނެވެ.
މާދަމާ ރޭ ކުޅޭ ފައިނަލު މެޗު، ލ. ގެ ފައިނަލަށްވުން އެކަށީގެން ވެއެވެ. ލ. ދެ ޓީމު އޮތީ ސެމީފައިނަލުގަ އެވެ.
ލ. ގަން ޓީމުން ގުރޫޕް ސްޓޭޖުގައި އައްޑުއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ: ވީއޭއެމް
މިއަދު ކުޅޭ ފުރަތަމަ ސެމީ ފައިނަލުގައި ގުރޫޕް އޭ ގެ އެއްވަނަ ހޯދި ފުނަދޫ ނުކުންނާނީ ގުރޫޕް ބީގެ ދެވަނަ ހޯދި ލ. މާބައިދުއާ ދެކޮޅަށެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރ، ގުރޫޕް ބީގެ އެއްވަނަ ހުރާ ނުކުންނާނީ ގުރޫޕް އޭ ގެ ދެވަނަ ލ. ގަމާ ދެކޮޅަށެވެ.
ސެމީ ފައިނަލުން ބަލިވާ ދެ ޓީމުގެ ދެމެދުގައި ތިންވަނަ ހޮވުމަށް ކުޅޭ މެޗު މާދަމާ ހަވީރު އޮންނާނެ އެވެ.