ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގައި މިއަދު ހަވީރު ލ. މާބައިދޫގެ މައްޗަށް ކ. ހުރާއިން ކާމިޔާބު ހޯދައިފި އެވެ. 

މެޗު ހުރައިން ކާމިޔާބު ކުރީ 3-4 ސެޓުންނެވެ. 

ފުރަތަމަ ސެޓް މާބައިދޫން 25-19 ން ކާމިޔާބު ކުރި އެވެ. އަނެއް ދެ ސެޓް 25-23 އަދި 25-17 އިން ކާމިޔާބުކޮށް ހުރައިން ލީޑް ނެގި އެވެ. އެކަމަކު ހަތަރުވަނަ ސެޓް މާބައިދޫން ކާމިޔާބު ކުރުމުން މެޗު އިތުރަށް ފޯރިގަވި އެވެ.

ރާއްޖެ ސުޕަ ލީގުގައި ކ. ހުރަ އާއި ލ. މާބައިދޫ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު
ރާއްޖެ ސުޕަ ލީގުގައި ކ. ހުރަ އާއި ލ. މާބައިދޫ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ މެޗު އެ ޓީމުން ކާމިޔާބު ކުރީ 25-14 އިންނެވެ. މެޗުގެ ނަތީޖާ ކަނޑައެޅި ސެޓް ހުރައިން ކާމިޔާބު ކުރީ 15-12 އިންނެވެ. 

އެ މެޗަކީ ޕޫލް ބީގެ ފުރަތަމަ މެޗެވެ. އާދިއްތަ ދުވަހު ފެށި މުބާރާތުގައި ޕޫލް އޭ ގެ ފުރަތަމަ މެޗު ގެންދިޔައީ ކ. މާފުއްޓެވެ. އައްޑޫގެ މައްޗަށް މާފުށިން ކާމިޔާބު ހޯދީ 3-1 ސެޓުންނެވެ

ޕޫލް އޭ ގައި މާފުށި ނުފޫޒު ގަދަކުރި އިރު ޕޫލް ބީގައި ފުރަތަމަ މެޗު ހުރައިން ކާމިޔާބުކޮށް ވަނީ މުބާރާތުގައި ކ. އަތޮޅުގެ ނުފޫޒު ގަދަކޮށްފަ އެވެ