ފުލުހުންނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާދެމެދު އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓާ ގުޅޭ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ އެ އެމްއޯޔޫގައި ސޮއި ކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ.
ފުލުހުން ބުނީ އެ އެއްބަސްވުމަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން ކުއްލި ހާލަތްތަކުގައި މުއާމަލާތު ކުރުން ހަރުދަނާ ކުރުމާއި އަވަސް އަދި ފައިދާ ހުރި ގޮތެއްގައި އިޖާބަ ދިނުމަށް ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.