ހުޅުމާލޭ 2 ގެ ހިޔާ ފްލެޓުތައް ކައިރީ އަމިއްލަ ފަރާތެއްގެ ހަރަދުގައި އިމާރާތް ކޮށްފައިވާ އާ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވަން ނިންމައިފި އެވެ.

މަސްޖިދުލް އީމާންގެ ނަން ދީފައިވާ އެ މިސްކިތަކީ ތިން ބުރިއަށް ހަދާފައިވާ މިސްކިތެކެވެ. ހިޔާގެ ރަތް ފްލެޓުތައް ކައިރީގައި މާލޭގެ މަޝްހޫރު އާއިލާއެއްގެ ފަރާތުން އިމާރާތް ކޮށްފައިވާ އެ މިސްކިތުގައި 1،200 މީހުންގެ ޖާގަ އޮވެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި އެ މިސްކިތް ހުޅުވާނީ ހުކުރު ދުވަހުގެ ހުކުރު ނަމާދަށެވެ.

ހުޅުމާލޭ 2 ގައި އިމާރާތްކޮށްފައިވާ މަސްޖިދުލް އީމާން.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހުޅުމާލޭ 2 ގައި އިމާރާތްކޮށްފައިވާ މަސްޖިދުލް އީމާން.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އާ މިސްކިތެއް ހުޅުވަން ތައްޔާރުވަމުން އަންނައިރު ހުޅުމާލެ 2 ގެ އާ ފްލެޓްތަކަށް މީހުން ބަދަލުވާން ވެސް މިހާރު ވަނީ ފަށައިފަ އެވެ. އަދި އެ ސަރަހައްދުގެ އާބާދީ ބޮޑުވާތީ އަސާސީ ހިދުމަތްތައް ދިނުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ހުޅުމާލޭ 2 ގައި އިމާރާތްކޮށްފައިވާ މަސްޖިދުލް އީމާންގެ އެތެރެ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހުޅުމާލޭ 2 ގައި އިމާރާތްކޮށްފައިވާ މަސްޖިދުލް އީމާންގެ އެތެރެ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިހާރު ވެސް އެ ތަނުގައި އާ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރެވެމުން އެބަދެ އެވެ. އެސްޖޭ ކުންފުނިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސައްކަތް މި މަހު މަހުގެ ނިމޭނެ ކަމަށް ކުރިން ބުނެފައިވިޔަސް އެ ތަނުގެ ސްޕީޑު ހުރި ގޮތުން އެ މުއްދަތަށް ނުނިމޭނެ އެވެ.

އެ މިސްކިތުގެ އިތުރުން ވެސް އިތުރު މިސްކިތްތަކުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.