އއ. އުކުޅަހުން ރަޝިއާގެ ޓޫރިސްޓަކު ގެއްލިގެން ހޯދަން މިއަދު ފަށައިފި އެވެ.

އުކުޅަހު ކައުންސިލުން ބުނީ އެ ރަށުގެ ގެސްޓް ހައުސްއެއް ކަމަށްވާ ލަ ޕަލްމާ ސްޓޫސްގައި ހުރި ރަޝިއާގެ ފިރިހެނަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ. އޭނާއަކީ މިއަދު ހެނދުނު އެ ރަށުން ފުރާ ގޮތަށް ހަމަޖެހިފައިވާ ޓޫރިސްޓެއް ކަމަށް ވިޔަސް އޭނާގެ ޚަބަރެއް އަދި ނުވާ ކަމަށް ކައުންސިލުން ބުންޏެވެ.

ޗުއްޓީ ހޭދަކުރަން އެކަނި އެ ރަށަށް ގޮސް އުޅުނު އެ މީހާ އެންމެ ފަހުން ފެނުނީ އިއްޔެ ހަވީރު ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އުކުޅަހު ކައުންސިލުން ބުނި ގޮތުގައި، މޮބައިލް ފޯނު ހިމެނޭ ގޮތަށް އޭނާގެ އެހެނިހެން ހުރިހާ ސާމާނެއް ވެސް ގެސްޓް ހައުސްގައި އޭނާ ހުރި ކޮޓަރީގައި އެބަހުއްޓެވެ.

އޭނާގެ ރައްކާތެރިކަމާ މެދުގައި ކަންބޮޑުވާ ކަމަށާއި އެ މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ލަ ޕާމަ ސޫޓްސްގެ ނަންބަރު 9646363 އަށް ނުވަތަ އުކުޅަހު ޕޮލިސް ޓެސްކުގެ ނަންބަރު 9553510 އަށް ގުޅުމަށް އެދޭ ކަމަށެވެ.