ސްނޯކެލިން އަށް ދިޔަ ޓޫރިސްޓަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ، ގެއްލިގެން ހޯދަނީ ސިނަމަން ދޮންވެލި ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ދިޔަ ފިރިހެން ޓޫރިސްޓެއް ކަމަށެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އެ މީހާއާ ގުޅޭ މައުލޫމާތެއް އަދި އެ މީހާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން އާންމެއް ނުކުރެ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވެސް، ސްނޯކެލިން އަށް ދިޔަ ރިސޯޓެއްގެ މުވައްޒަފަކު ގެއްލިފައިވެ އެވެ. އިފުރު އައިލެންޑް ރިސޯޓުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލިފައިވަނީ އެ ރިސޯޓްގައި ޝެފެއްގެ ވަޒީފާގައި އުޅުނު އިންޑިއާ މީހެއް ކަމަށްވާ އަފްތާބް ޚާން އެވެ.
އޭނާ ހޯދުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލައިފަ އެވެ.