"ޕޮންގަލް 2025" ގެ ނަމުގައި ރާއްޖޭގައި އިންޑިއާގެ ބަޔަކު ބާއްވަން އުޅުނު ފެސްޓިވަލް ފުލުހުން ހުއްޓުވައިފި އެވެ.
ޕޮންގަލް ފެސްޓިވަލަކީ އާންމުކޮށް ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ މެދުތެރޭގައި އިންޑިއާގެ ތަމަޅަ މީހުންގެ މެދުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ އެ މީހުންގެ ދީނީ ބޮޑު ފެސްޓިވަލެކެވެ.
ފުލުހުން ރޭ ބުނީ، މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ރާވަމުން އައި ޕޮންގަލް ފެސްޓިވަލް ނުބޭއްވޭނެ ކަމަށް އެކަން އިންތިޒާމުކުރި ފަރާތްތަކަށް ކަމާ ބެހޭ އިދާރާތަކުން މިހާރު އަންގާފައިވާ ކަމަށެވެ.
އެކަމަކު އެކަން އިންތިޒާމުކުރީ ކޮން ބައެއް ކަމެއް ނުބުނެ އެވެ.
"އެ ފެސްޓިވަލް މިހާރު ކެންސަލުކޮށްފައިވާ ކަމަށް އިންތިޒާމުކުރި ފަރާތްތަކުން މައުލޫމާތު ދެ އެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެފަދަ ހަރަކާތެއް ހިންގާ ނަމަ ފުލުހުންގެ ހިދުމަތުން އެކަން ހުއްޓުވާނެ އެވެ.