ސިނަމާލޭ ބްރިޖުގައި މާލެއިން ހުޅުމާލެއަށް ސައިކަލުގައި ދަނިކޮށް ބްރިޖު ފެންސުގައި ޖެހި މީހަކު އެކްސިޑެންޓުވެ އަނިޔާވެއްޖެ އެވެ.
ފަތިހު 5:30 ހާއިރު އެ އެކްސިޑެންޓު ހިނގީ އެއާޕޯޓް ޓްރެފިކް ލައިޓް ކައިރިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި އަނިޔާވީ ސައިކަލު ދުއްވަން އިން 53 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެެވެ.
އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނޭނގެ އެވެ.
އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.