ޑްރަގްގެ މައްސަލައެއްގައި ކ. ކާށިދޫ މިސްކިތުގެ މުދިމު ހައްޔަރުކޮށްފި އެވެ.
ހައްޔަރު ކޮށްފައި ވަނީ ޣާނިމް ސަލީމެވެ.
ޕޮލިހުން ބުނީ ޑްރަގަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އޭނާ ހައްޔަރު ކުރީ އިއްޔެ ކަމަށެވެ.
އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ އޭނާއާ ގުޅޭ ތަފާތު އެކި މައްސަލަތަކުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
ޣާނިމް އެ ރަށު މިސްކިތުގެ މުދިމަކަށް ފުރަތަމަ އައްޔަންކުރީ 2021 ވަނަ އަހަރު އެވެ. ނަމަވެސް ފަހުން އޭނާ ވަޒީފާއިން ވަކިކުރުމަށްފަހު އަނެއްކާވެސް ވަނީ ވަޒީފާ ދީފަ އެވެ.