ހުޅުމާލޭގައި ހިންގާ ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އަޅައި، އޭނާގެ އަތުން ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
އެ އަމަލު ހިންގީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ 1 ގައި ހިންގާ ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އަޅައި ބިރުދައްކައިގެން ފައިސާ ފޭރުނު މައްސަލައެއް އެ އިދާރާއިން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.