ހުކުރު ހުތުބާ ޓީވީން ލައިވް ކުރާއިރު އިނގިރޭސިބަހުން ސަބްޓައިޓްލް އަރުވަން މިއަދު ފަށައިފި އެވެ.
މިއީ ރާއްޖޭގައި ވަރަށް ގިނަ ބިދޭސީ މުސްލިމް މަސައްކަތްތެރިން ދިރިއުޅެމުންދާތީ، އެ މީހުންނަށް އަމާޒުކޮށް އިސްލާމިކް މިނިސްޓްރީން ފެށި މަސައްކަތެކެވެ.
މީގެ ކުރިން އިސްލާމިކް މިނިސްޓްރީން އާންމުންގެ ހިޔާލަކަށް ހުޅުވާލީ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސި ބަހުން ހުތުބާ ކިޔުމަށެވެ.
ނަމަވެސް ފަހުން ނިންމީ ދިވެހިބަހުން ހުތުބާ ކިޔުމަށް ފަހު، ޓީވީ ލައިވްގައި އިނގިރޭސި ސަބްޓައިޓަލް އެރުވުމަށެވެ.
ރާއްޖޭގެ ބިދޭސީ މަސައްކަތްތެރިންގެ އާބާދީގައި އެންމެ ގިނައީ ބަންގްލަދޭޝް އާއި އިންޑިއާގެ މީހުންނެވެ.
މިދިޔަ އަހަރުގެ ބޯހިމެނުމުން ދެއްކި ގޮތުގައި ރާއްޖޭގައި 97،164 ބިދޭސީން އުޅެ އެވެ.