ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެންބޭފުޅަކު ހުތުބާއެއް ލިޔުއްވައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން، މި ހަފުތާގެ ނުވަތަ މިއަދުގެ ހުކުރު ހުތުބާ ލިޔުއްވީ ހައްވާ ލަތީފު އެވެ.
އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މީގެ ކުރިން ރާއްޖޭގައި އެހެން އަންހެން ބޭފުޅަކު ހުތުބާ ލިޔުއްވާފައި އޮތް ކަން ތާރީހުން އެނގޭކަށް ނެތެވެ.
މިއަދުގެ ހުތުބާގެ މައުލޫއުއަކީ އާއިލީ ގުޅުން ދެމެހެއްޓުމުގެ މުހިންމު ކަމެވެ.
އެ ހުތުބާ ލިޔުއްވި ހައްވާ ލަތީފަކީ މިސްރުގެ އަލް އަޒްހަރު ޔުނިވަސިޓީން މަތީ ތައުލީމު ހާސިލް ކުރައްވައި، އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމު ވެސް ކުރިން އަދާކުރެއްވި ބޭފުޅެކެވެ.
އޭނާ މިހާރު ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.