ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ އެޗްއާރްސީއެމްގައި ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރަން ރައީސް އޮފީހުން ކުރި އިއުލާނަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ނަމެއް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.
އެ މަގާމަށް އައްޔަންކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް މަޖިލީހަށް ފޮނުއްވީ ހަބީބްގެ ނަން އެކަންޏެވެ.
މަޖިލީހުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ފޮނުވާފައި އެވެ.
އީސީގައި މެންބަރުކަމަށް ހަބީބް އެންމެ ފުރަތަމަ އައްޔަން ކުރީ މާޗް، 2013 ގައި އެވެ. އޭގެ ކުރިން ވެސް އެ ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެއްވި އެވެ. އޭގެ 21 އަހަރު ފަހުން އޭނާ އެ ކޮމިޝަނުން ވަކިވެވަޑައިގަތީ މިދިޔަ މާޗު މަހު އެވެ.